ފިނިޕޭޖް

"ނީނާ"ގެ ޕްރޮމޯޝަން ލަވަ "އަލިފާން" ނެރެފި

މިއަހަރު ނެރޭ އެންމެ ޝައުގުވެރި ފިލްމްތަކުގެ ތެރޭގައި ހިމެނޭ ކަމަށް އުއްމީދުކުރެވޭ ފިލްމު -- "ނީނާ"ގެ ޕްރޮމޯޝަނަލް ލަވަ "އަލިފާން" ނެރެފި އެވެ.

އިލްޔާސް ވަހީދު (އިއްލެ) ބެލުންތެރިންނަން ގެނެސްދޭ ދެވަނަ ފީޗާ ފިލްމު -- ނީނާގެ ލީޑްރޯލް ކުޅެފައިވަނީ އިއްލެގެ ފުރަތަމަ ފީޗާ ފިލްމު -- ބަވަތީގައިވެސް ލީޑްރޯލް ކުޅެފައިވާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މި ފިލްމުގެ ލީޑް އެކްޓަރަކީ ޝަރަފް އެވެ.

މިސްޓީގެ މިއުޒިކަށް ހަދާފައިވާ ލަވަ އިއްޔެ ސޯޝަލްމީޑިއާގައި ދޫކޮށްލުމާ އެކު ބެލުންތެރިންނަށް މިލަވަ ވަރަށް ކަމުގޮސްފައިވެ އެވެ. ލަވަ ކިޔާފައިވަނީ އަންދަލާ ހަލީމު އެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު އޮލިމްޕަހުގައި އަޅުވާ ނީނާ ފިލްމުގެ ޕޯސްޓަރާއި ޓުރެއިލާ ޓީޒާ ވެސް ކުރިން ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

"ނީނާ" ފިލްމަކީ ހިއްވަރުގަދަ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. އެއީ ރުޅިގަދަ އެހެންނަމަވެސް އިންސާފަށް ލޯބިކުރާ މީހެއްގެ ބައި ފެނިގެންދާ ފިލްމެކެވެ.