ފިނިޕޭޖް

ދިވެއްސަކު ފުރަތަމަ ފަހަރަށް މިސް ޔުނިވާސްއަށް

މިސް ޔުނިވާސްއަށް ވާދަކުރާ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމް (ކ)ގައި މެކްސިކޯ އެމްބަސީގެ އޮފިޝަލަކާ އެކު
14.3%
28.6%
57.1%

ދިވެއްސަކު ފުރަތަމަ ފަހަރަށް މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދުނިޔޭގެ އެންމެ ރީތި އަންހެނުން ހޮވާ މި މުބާރާތުގައި ވާދަކުރަނީ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމް ކިޔާ ޒުވާނެކެވެ.

ޝައިނާ މީގެކުރިން ވަނީ ރާއްޖޭގައި ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސް 2022ގައި ބައިވެރިވެ އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން މިދިޔަ އަހަރު މިސްރުގައި ބޭއްވި ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް މުބާރާތުގައިވެސް އޭނާ ބައިވެރިވި އެވެ.

މިސް ޔުނިވާސްގެ 73 ވަނަ އެޑިޝަންގެ ފައިނަލް މިއަހަރު އޮންނާނީ މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގައި ކުރިއަށް އޮތް ނޮވެމްބަރު 16 ވަނަ ދުވަހު އެވެ.

އިންޑިއާގައި ހުންނަ މެކްސިކޯ އެމްބަސީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިސް ޔުނިވާސްގައި ވާދަކުރުމަށް މަރިޔަމް ޝައިނާ ނަސީމަށް ވިސާ ހަމަޖައްސައިދީފައިވާ ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި 130 ގައުމަކުން ވާދަކުރާއިރު މަރިޔަމް ޝައިނާ މިސް ޔުނިވާސްގައި ވާދަކުރަނީ 108 ވަނަ ބައިވެރިޔާގެ ގޮތުގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345