އަބްދުﷲ މުއާޒް (މުއާ)

އެމްއެފްއޭގެ ޗެއާޕާސަންގެ މަގާމަށް މުއާ

ދިވެހި ފިލްމު "ލީނާ"ގެ ޕްރިމިއާ ނައިޓްގައި މުއާ ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ މުއާޒް (މުއާ) ހޮވިއްޖެ އެވެ.

މުއާ މިމަގާމަށް ހޮވުނީ އެމްއެފްއޭގެ ޗެއާޕާސަންގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް މިދިޔަ އޭޕްރީލް 30 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި މި މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެވެ.

އެފްއެމްއޭގެ ވައިސް ޗެއާޕާސަންގެ މަގާމުވެސް 2015 އިން 2016 އަށް މުއާ އަދާކޮށްފައިވެ އެވެ.

މި މަގާމަށް ހޮވުމާ ގުޅިގެން މުއާ މިއަދު "މިހާރު" އަށް ބުނީ އޭނާ ބޮޑަށް ބޭނުންވަނީ ދާއިރާގެ ކަންކަން ރަނގަޅުކުރަން ކަމަށެވެ.

މުއާ މީގެކުރިން ވަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ސީނިއާ އެގްޒެކިޓިވް ޑިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345