ފިނިޕޭޖް

ކައުޝި ފިލްމުގެ މުހިއްމު ތަރިން ރާއްޖެ އަތުވެއްޖެ

Jul 18, 2023
ކައުޝި ފިލްމުގެ ލީޑް ދެ ތަރިން އަލީ ސީޒަންއާ އެކު
100%
0%
0%

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަލީ ސީޒަން ސްރީލަންކާގެ ފަންނާނުން ހިމަނައިގެން ޑައިރެކްޓްކޮށްފައިވާ ސިންހަޅަ ފިލްމު -- "ކައުޝި"ގައި އިސް ރޯލުތައް އަދާކޮށްފައިވާ ތަރިން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެގޮތުން ރާއްޖެ އައީ ފިލްމުގެ ލީޑް އެކްޓަރު އަމިލަ ކަރުނަޔަކަ އާއި ފިލްމުގެ ލީޑް އެކްޓްރެސް ރަންގި ރާޖަބަކްޝާ އެވެ.

ފިލްމު ތަރިން ރާއްޖެ އައީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި އޮންނަ ކައުޝިގެ ޕްރިމިއާ ހަފްލާގައި ބައިވެރިވުމަށެވެ.

މި ދެ ފަންނާނުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ވެސް ސީޒަން އެވެ.

ސްރީލަންކާގައި ޝޫޓް ކޮށްފައިވާ މި ފިލްމުގެ މަންޒަރުތައް ވީޑިއޯކޮށްދީފައިވަނީ ރާއްޖޭގެ ކެމެރާމަނެއް ކަމަށްވާ ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ.

ފިލްމްގެ ބެކް މިއުޒިކް ހަދާފައިވަނީ އައްޔުމަން ޝަރީފް އެވެ. މި ފިލްމުގެ ޝޯތައް މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހަށް އޮލިމްޕަހުގައި ކުރިއަށްދާނެ އެވެ. .

ކައުޝިގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުންދާއިރު ފިލްމްގެ ނޯމަލް ޓިކެޓްގެ އަގަކީ 150 ރުފިޔާ އެވެ. ގޯލްޑް ޓިކެޓްގެ އަގަކީ 200 ރުފިޔާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345