ދިވެހި ސިނަމާ

ޓެޑްރީގެ "ލަސްވިޔަސް" ޕްރިމިއާކޮށްފި

ލަސްވިޔަސްގެ މަންޒަރެއްގައި އަހްމަދު އީސަ (އާނަންދު)އާއި، އުއްމީދީ ބަތަލާ ވާޝިޔާ މުހައްމަދު -- ފޮޓޯ: ލަސްވިޔަސް ޓީމު
0%
0%
0%

މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް…" ޕްރިމިއާކޮށްފި އެވެ.

ލަސްވިޔަސް އަކީ ޓެޑްރީ ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ޓެޑްރީގެ އިޓާނަލް ޕިކްޗާސް އިން ގެނެސްދިން ލަސްވިޔަސް ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރީ ރެޑްކާޕެޓާ އެކު ކުލަގަދަ ހަރަކާތްތަކަކަށްފަހު އެވެ.

ލަސްވިޔަސްގައި ގިނަ ފަންނާނުންތަކެއް ފެނުނު ނަމަވެސް ފިލްމުގެ ލީޑް ތަރިންނަކީ އަހްމަދު އީސަ (އާނަންދު)އާއި، އުއްމީދީ ބަތަލާ ވާޝިޔާ މުހައްމަދާއި ކުރީގެ މަޝްހޫރު ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އެވެ. މިދިޔަ އަހަރު ނިޔާވެފައިވާ ފައުޒިއްޔާ ހަސަންއާއި، ރީކޯ މޫސާ މަނިކުވެސް މި ފިލްމުން ފެނިގެންދެ އެވެ.

ލަސްވިޔަސްގެ މަންޒަރެއްގައި އަހްމަދު އީސަ (އާނަންދު)އާއި، ކުރީގެ މަޝްހޫރު ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން -- ފޮޓޯ: ލަސްވިޔަސް ޓީމު

ކެންސަރު ޖެހިފައިވާ ކުޑަ އަންހެން ކުއްޖެއްގެ ހަޔާތުގެ ވަށައިގެން އެނބުރޭ ހާދިސާތަކެއް ދައްކުވައިދޭ ލަސްވިޔަސް އަކީ މިއަހަރު އޮލިމްޕަހުގައި ޕްރިމިއާ ކުރި ފަސްވަނަ ފިލްމެވެ.

ޒަވާޖީ ހަޔާތެއްގައި ދިމާވެދާނެ މައްސަލަތަކާއި އިޖުތިމާއީ އެތައް މައްސަލަތަކެއް ތިލަކޮށްލަ ދީފައިވާ ލަސްވިޔަސް އަކީ 1994 ވަނަ އަހަރު "ދެރިޔާ" އަށް ފަހު ޓެޑްރީ މިހާތަނަށް ޑައިރެކްޓް ކުރި ހަމައެކަނި ފިލްމެވެ.

ލަސްވިޔަސްގެ ޕްރިމިއާ ޝޯ ރޭ ބެލި ގިނަ ބަޔަކު ވަނީ މި ފިލްމުގެ މަސައްކަތްތައް ފުރިހަމަކަން ސޯޝަލްމީޑިއާގައި ފާހަގަކޮށް ޓެޑްރީއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

ލަސްވިޔަސްގެ ޝޯތައް ދެއްކުމަށް ޖޫން މަހާ ހަމައަށް އޮލިމްޕަސް ކުއްޔަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910