ރައީސް އަބްދުﷲ ޔާމީން

ކްރިކް ރިޒާގެ މައްސަލަ ގެންދިއުމާ އެކު ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މާދަމާ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ނިންމައިފި އެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ހާއިރު އެވެ.

ރައީސް ޔާމީންގެ ޝަރީއަތެއް ދަށު ކޯޓުގައި ތާވަލް މިކުރީ ފުއްގިރީގެ މައްސަލައިގެ ފަސް ދުވަސް ވަންދެެން އަޑުއެހުންތައް ކެންސަލް ކުރުމަށްފަހު އެވެ.

އަޑުއެހުންތައް ކެންސަލް ކުރަންޖެހުނީ ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީނާ އެކު ދައުވާ ލިބޭ މއ. ކުރިކީލަހިޔާ, އަހުމަދު ކުރިކް ރިޒާ ބަލިވެ އުޅޭ ކަމަށް ކޯޓަށް ލިޔުމަކުން އެންގުމާ ގުޅިގެންނެވެ. އެހެންވެ ކްރިކް ރިޒާގެ އަޑުއެހުންތަކާ އެކު ރައީސް ޔާމީންގެ ޝަރީއަތް ވެސް ވަނީ ކެންސަލް ކުރަންޖެހިފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ކްރިކް ރިޒާގެ ފަރާތުން ދިފާއީ އާ ހެކިތަކެއްވެސް ހުށަހަޅާފައިވާތީ އެ ހެކިތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންވެސް އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ. އެހެންވެ ރިޒާގެ ބައިގައި ދިމާވި ހާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގުވެސް ގާނޫނީ ގޮތުން ބަންދުވެފައިވާ ކަމަށެވެ.

މި މައްސަލަ އަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދައުވާ ލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ގުޅިގެން ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުދިއުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެންނަ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ. އެހެންކަމުން ރިޒާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

ކްރިކް ރިޒާގެ މައްސަލަ ދައުލަތުން އެދުނު ގޮތަށް ކޯޓުން މިހާރު ވަނީ އަނބުރާ ފޮނުވާލާފަ އެވެ. އެއާ އެކު ރައީސް ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ފުރުސަަތު ލިބި މާދަމާ އަށް މިހާރު ވަނީ އަޑުއެހުން ތާވަލްކޮށްފަ އެވެ.

ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރި މައްސަލައިގައި ކްރިކް ރިޒާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އެވެ. މިމައްސަލައިގައި ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް މިހާރު ކޮށްފައިވާ ހުކުމް މަތީކޯޓަކުން ބާތިލް ނުކުރަހާ ހިނދަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެ އެވެ.