ރައީސް އަބްދުﷲ ޔާމީން

ޔާމީން ދައްކަންޖެހޭ 53 މިލިއަންގެ ޝަރީއަތް ފަށަނީ

Mar 27, 2023
2
ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަވަސް
0%
100%
0%

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރުމަށް ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިމައްސަލަ ހައިކޯޓުގައި ފެށުމަށް ނިންމާފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

މަނީ ލޯންޑާ ކުރުމަށް ޔާމީން އަމަލުކުރި ކަމަށް ދައުލަތުން ބުނަނީ، އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު އެޗްއެސްބީސީ އަށް ޖަމާކޮށް އިތުރު ފައިސާތަކަކާއިއެކު ބީއެމްއެލްއަށް ޖަމާކުރުމަށްފަހު އަނެއްކާވެސް ފައިސާ އިތުރުކުރުމަށްފަހު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖުމުލަ 1،295،000 ޑޮލަރު ޖަމާކޮށްގެން ކަމަށެވެ.

އިސްލާމިކް ބޭންކަށް ޖަމާކުރި 1،295،000 ޑޮލަރާއެކު ހަމަ އެ ބޭންކުގައި ހުޅުވާފައިވާ އިންވެސްޓްމެންޓް އެކައުންޓަކަށް އިތުރު ފައިސާއާއި އެކު ޖުމުލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަކަށް އިންވެސްޓްކޮށްފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުލަތުން އެދުނީ ރައީސް ޔާމީން ލޯންޑާ ކުރި އެއް މިލިއަން ޑޮލަރާއި އެ ފައިސާއާއި އެއްކޮށްފައިވާ 2،413،230 ޑޮލަރު ހޯދައިދިނުމަށެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އަދި ބަލައިގެންފައެއް ނުވެ އެވެ.

ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީން ހުށަހެޅުއްވި ހުށަހެޅުއްވުންތަކަކާ މެދު ކްރިމިނަލް ކޯޓުން އަމަލުކުރި ގޮތް ވެސް ވަނީ ހައިކޯޓަށް ހުށަހަޅުއްވާފަ އެވެ. މިކަމުގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ 10:30 ގައި ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަންނެ

މީގެ ކުރިން ހައިކޯޓަށް އިސްތިއުނާފަށް ލާފައިވާ މައްސަލަތައް ނުފެށި އޭގެ އެތަކެއް ދުވަހެއް ފަހުން ލީ މައްސަލަތައް ތާވަލުކުރުން މިއީ ވަކި ބަޔަކަށް މަންފާއަކަށް ވާނެ ގޮތަށް ޢަމަލުކުރުން ކަމުގައި ދެކެން

ހަސަނުގ

އޯކޭ. ޔާމީން ކުރި ކަންތައް ބަލާހެން، ކެނެރީގޭ ނަޝީދު ކުރި ވައްކަން ބަލަނީ ކާކު؟ 14އަހަރުގެ ޖަލު ހުކުމް، ބޭކާރުވެ، މަޖިލިސް މެމްބަރު ކަމަށް ހޮވާ، މަޖިލިސް ރައީސް ކަމަށް ހޮވުނުގޮތް ވެސް ބަލަން އެބަޖެހޭ. ތިހުރިހާ ވައްކަމެއް ކުރިކަން އެނގިތިބެ، އެކަން ފޮރުވި މީހުންގެ މައްސަލަވެސް ބަލަން ޖެހޭ. ލާރި އެޅީމަ ހެޔޮދޯ ކޮންމެ ގޮތަކަސް. ކަލޭމެން ކައްވަޅަށް ލާރިގަނޑު ހިފައިގެންތަ ދަނީ. ބަލަން މިހުރީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345