ޑާކް ރެއިން

ޑާކްރެއިންގެ "ފުރޭތަ" ނެރެނީ

ޑާކްރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ފުރޭތަ"ގެ ޓްރެއިލާ ނެރެ، ފިލްމު އަޅުވާ ތާރީހު އިއުލާންކޮށްފި އެވެ.

ކާމިޔާބު ފިލްމުތަކެއް ނެރެފައިވާ ޑާކްރެއިންގެ ފުރޭތަ އޮލިމްޕަހުގައި އަޅުވަން ނިންމާފަވަނީ ޑިސެންބަރު ހަތަރުވަނަ ދުވަހު އެވެ.

ފިލްމުގެ ޓްރެއިލާ އިން ފެންނަ ގޮތުގައި މިއީ ނަފުސާނީ މައްސަލަތަކެއް ހުންނަ މީހެއްގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ޓްރެއިލާގައި ބުނާ ގޮތުގައި ދިވެހި ފިލްމުތަކުގައި ނުފެންނަ މަންޒަރުތަކެއް ފުރޭތައިން ފެނިގެންދާނެ އެވެ.

އަހުމަދު ތޮލާލްގެ ސްކްރީންޕްލޭ އަކަށް ހަދާފައިވާ މި ފިލްމު ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

މިފިލްމުގެ ލީޑްރޯލުން ފެނިގެންދަނީ ޝަރަފުﷲ އެވެ. މީގެ އިތުރުން ފިލްމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހްމަދު ސައީދު، މުހައްމަދު ރިފްޝާން، އަހްމަދު ނީލް، އާދަމް ރިޒްވީ އަދި އައިމިނަތު އަސީލާގެ އިތުރުން ނަދީހް ހިމެނެ އެވެ.