ޝޫ ޕާކް

ސްކޫލް ކުދިންގެ ކޮލެޓީ ބްރޭންޑްތަކުގެ ބޫޓާއި, ދަބަސް ހޯދަން ދާންވީ ޝޫ ޕާކަށް

Jul 31, 2023

ރާއްޖޭގައި ފުޅާ ދާއިރާއެއްްގައި ބޫޓު ވިއްކާ, ޝޫ ޕާކުން މަޝްހޫރު ބްރޭންޑްތަކާއި އެކު ރަނގަޅު އަގުތަކެއްގައި, ސްކޫލަށް ދާ ކުދިންނަށް ބޭނުންވާ ބޫޓާއި, ބެކްޕެކްގެ ގިނަ ވައްތަރުތަކެއް ހިމެނޭ ބެކް ޓު ސްކޫލް ކަލެކްޝަން އެނައުންސް ކޮށްފި އެވެ.

އެ ކަލެކްޝަނުގައި ހިމެނޭ ޕްރޮޑަކްޓް ތަކަކީ މަތީ ފަންތީގެ ބްރޭންޑްތައް ކަމަށްވާ މޮލެކިންހާ، މޮލެކިންހޯ، ޖޯމާ، އަދި ކައުކޯގެ މޮޅު އުފެއްދުންތަކެވެ.

މޮލެކިންހާ، މޮލެކިންހޯ އަކީ ހައި ކޮލެޓީ އަދި ސްޓައިލިޝް ސްކޫލް ބޫޓް އުފެއްދުމަށް މަޝްހޫރު ބްރެޒިލްގެ ބްރޭންޑެކެވެ. މުޅި ދުވަހު އަރައިގެން އުޅެވޭ ގޮތަށް އަދި ގިނަ ދުވަހަށް ހަލާކު ނުވެ ގެންގުޅެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މޮލެކިންހާ، މޮލެކިންހޯގެ އަންހެން އަދި ފިރިހެން ބޫޓު ޝޫ ޕާކުން ލިބެން އެބަހުއްޓެވެ.

ޖޯމާ އަކީ އެކްޓިވިޓީ އަދި ދުވުމަށް ހާއްސަ ބޫޓުތައް އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ ސްޕެއިންގެ ބްރޭންޑެކެވެ. އެ ބޫޓުތައް އުފައްދާފައިވަނީ އެކްޓިވިޓީ ތަކުގައި އުޅޭއިރު ފަޔަށް އުދަނގޫ ނުވާނެ ގޮތަށް ކޮންފޯޓް އަދި ޕާފޯމަންސަށް ވިސްނައިގެންނެވެ.

ޖޯމާ އަކީ އެކްޓިވިޓީ އަދި ދުވުމަށް ހާއްސަ ބޫޓުތައް އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ ސްޕެއިންގެ ބްރޭންޑެކެވެ. އެ ބޫޓުތައް އުފައްދާފައިވަނީ އެކްޓިވިޓީ ތަކުގައި އުޅޭއިރު ފަޔަށް އުދަނގޫ ނުވާނެ ގޮތަށް ކޮންފޯޓް އަދި ޕާފޯމަންސަށް ވިސްނައިގެންނެވެ.

ކައުކޯ އަކީ ކުޑަކުދިންގެ ހުރިހާ އުމުރުފުރައަކަށް ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ބެކްޕެކް ވިއްކުމުގައި މަޝްހޫރު ތުރުކީގެ ބްރޭންޑެކެވެ. އެ ބްރޭންޑަކީ ގިނަ ދުވަހަށް ގެންގުޅޭވޭ ގޮތަށް މަތީ ފަންތީގެ މެޓީރިއަލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އަދި ސްކޫލަށް ގެންދަންޖެހޭ ތަކެތި އޮގަނައިޒްކޮށް ގެންގުޅޭވޭ ގޮތަށް ތައްޔާރުކޮށްފައިވާ ދަބަސްތަކެކެވެ.



ޝޫ ޕާކްގެ ބެކް ޓު ސްކޫލް ކަލެކްޝަން އޮންލައިންކޮށް, shoepark.mv އިން އަދި މާވެޔޮ މިސްކިތް ކައިރިން ކޯރު ކެނޑި މަގުގައި ހުންނަ އެ ފިހާރަ އަށް ވަޑައިގެން ވެސް ބައްލަވައިގަނެވޭނެ އެވެ.

މަތީގައިވާ ބްރޭންޑްތަކުގެ އިތުރުން ޓޮމްސް, ކްލާކްސް, ޕެގަޑާ އަދި ރެޑް ޓޭޕް ފަދަ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ބޫޓު ޝޫ ޕާކުން ލިބެން އެބަހުއްޓެވެ.