ރައީސް މުހައްމަދު ނަޝީދު

ބޮއިކޮޓް ކުރުމަކީ ރައީސަށް ކާމިޔާބު ލިބުން އެންމެ ފަސޭހަ ގޮތް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަވަސް
0%
0%
0%

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެންމެ ފަސޭހަ ބޮޑު ގޮތް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިނުލެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމު ކުރުމާ އެކު އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމުގެ ކުރިން ޕީޕީއެމްގެ ހުރިހާ މެންބަރުން އެކަމާ އިތުރަށް ވިސްނާލުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

"އުއްމީދު ނަގާނުލައްވާ. ޑިމޮކްރެޓްސްއާ އެކު ކުރިއަށް ވަޑައިގަންނަވާ. ﷲގެ އިރާދަފުޅާ އެކު ކާމިޔާބު ވާނެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން ގޮވާލެއްވުމާ ގުޅިގެން ޕީޕީއެމްއާއި ޕީއެންސީގެ ގުޅިފައިވާ ސެނެޓުން އެކަމުގައި ގޮތްތަކެއް ނިންމުމަށް މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345