ރައީސް އަބްދުﷲ ޔާމީން

ނަޝީދު ދެއްވި ދައުވަތަށް ގޮތެއް ނިންމަވާނީ ޔާމީން: ޕީޕީއެމް

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕީޕީއެމަށް ދެއްވި ދައުވަތާމެދު ގޮތެއް ނިންމަވާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އިލްޔާސްގެ ރަނިން މޭޓަކަށްވުމަށް ރައީސް ނަޝީދު ޕީޕީއެމަށް ދައުވަތު ދެއްވީ ޑިމޮކްރެޓުން ރޭ އައްްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގަ އެވެ.

ނަޝީދު ދެއްވި ދައުވަތާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ ނަޝީދުގެ ހުށަހެޅުއްވުމާމެދު ގޮތެއް ނިންމަވާނީ ޔާމީން ކަމަށެވެ.

"ރައީސް ޔާމީން އެވަނީ ރަނިން މޭޓެއް ނިންމަވާފަ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް އެބަ ހުންނެވި،" ޝިޔާމު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމުން ރިޔާސީ ޓިކެޓް އަރުވާފައިވަނީ ރައީސް ޔާމީނަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހަޅަންޖެހޭ ކެންޑިޑެސީ ފޯމުގައި ރައީސް ޔާމީން ސޮއިކުރައްވާ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ހަމަޖައްސަވާފަ އެވެ.

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކޮށްގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345