އަހުމަދު ޝިޔާމް

ނަޝީދާއި ޑިމޮކްރެޓުން އުޅެނީ ފަހަތުގައި: ޝިޔާމު

ރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު އާއި އަހުމަދު ޝިޔާމް -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރެޓްސް އުޅުއްވަނީ ތަންކޮޅެއް ފަހަތުގައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ގޮތުން ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުވެސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ކުރިމަތިނުލެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅާއި ގުޅިގެން ޝިޔާމު ވިދާޅުވީ އެއީ ރައީސް ނަޝީދުގެ ވިސްނުންފުޅު ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމް-ޕީއެންސީން ކެންޑިޑޭޓެއް ދައްކާފައިވާ ކަމަށެވެ.

"އަދި އެބޭފުޅުން ކެންޑިޑޭޓެއްވެސް ނުދައްކަވާ. ޕީޕީއެމް-ޕީއެންސީ އިން މާކުރިން ވާނީ ރައީސް ޔާމީން ކެންޑިޑޭޓުގެ ގޮތުގައި ނިންމާ ކެމްޕޭންވެސް ފަށާފަ،" ޝިޔާމު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި ރައީސް ޔާމީން އެކުގައި މަސައްކަތްކޮށް ރައްޔިތުން އެދޭ ގޮތް ހޯދައިދޭން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ޝިޔާމު ބައިވެރިވެރިވެވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345