އަބްދުﷲ ޝާހިދު

ނަޝީދާއި ޔާމީން ގުޅިވަޑައިގަތުމަކީ ހީކުރެއްވި ކަމެއް ނޫން: ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅިވަޑައިގަތުމަކީ ހީކުރެއްވި ނޫން ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ލީޑަރުންތަކެއް ހައްޔަރުކޮށް ޖަލަށްލިކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ނަޝީދު އެމްޑީޕީ ދޫކުރެއްވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި އެމަނިކުފާނު އެމްޑީޕީގައި ހުންނެވިނަމަ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ކަށަވަރުކުރުން ވަރަށް ފަސޭހަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް ނަޝީދު "ދަ ޑިމޮކްރެޓްސް" އުފެއްދެވުމަކީ އެމްޑީޕީ ދެފަޅިކޮށްލުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީ ދޫކުރެއްވި ނަމަވެސް ރައީސް ސޯލިހްގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށް ޝާޙިދު ވިދާޅުވި އެވެ.

ޝާހިދު މިހެން ވިދާޅުވިއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި ދަ ޑިމޮކްރެޓްސް ގުޅިގެން ސިޔާސީ މަސައްކަތް ކުުރުމަށް ރަސްމީ މަޝްވަރާތައް ވަނީ ފަށާފަ އެވެ.