ޑރ. މުހައްމަދު މުއިއްޒު

މިނިވަންކަމަށް ބުރޫއަރާނެ ހުރިހާ ކަމެއް ހުއްޓުވާނަން: މުއިއްޒު

މުއިއްޒު ރ. އުނގޫފާރުގައި
0%
0%
0%

ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ގޮތަށް މިސަރުކާރުން ކޮށްފައިވާ ކަންކަން ހައްލުކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އުނގޫފާރުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެގެ މިނިވަންކަން ގައުމީ މަސްލަހަތު ވަނީ ގެއްލިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ވުރެ ވެސް ގައުމު މިނިވަންކަމާއި މަސްލަހަތު ރައްކާތެރިކޮށް ހިމާޔަތް ކުރަންހޖެހިފައިވާ ކަމަށެވެ. މިސަރުކާރުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށްވެސް މުއިއްޒު ތުހުމަތުކުރެއްވި އެވެ.

"އެކަން [މިނިވަންކަން] ވަނީ މިއަދު އޮތް ހާރިޖީ ސިޔާސަތުގެ ސަބަބުން ގެއްލިފައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ރ. އުނގޫފާރުގައި

އޭނާ ވިދާޅުވީ ރާއްޖެއަކީ ދިވެހިންގެ އަމިއްލަ ގައުމެއް ކަމަށާއި އެހެންކަމުން އޭނާގެ ވެރިކަމެއްގައި ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ކަމަށެވެ.

ދިވެހިންނަށް މިނިވަންކަމުގައި ތިބެވޭނީ ގައުމީ ފިކުރުގެ ބަޔަކަށް ވެރިކަން ލިބިގެން ކަމަށާއި ޕީޕީއެމް ޕީއެންސީއަކީ އެ ފިކުރު ކަމުގައިވެސް ވިދާޅުވި އެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ ދިވެހިންނަށް އުފާވެރިކަން ހޯދައިދޭނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

މުއިއްޒު މިއަދުވެސް ވަނީ އޭނާގެ ވެރިކަމެއްގައި މިސަރުކާރުން ފަށާފައި ހުރި އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަސައްކަތްތައް އަވަހަށް ނިންމުމަށްޓަކައި ކުރަންޖެހޭ ކަމެއް ކުރާނެ ކަމުގައި ވިދާޅުވި އެވެ.

އުނގޫފާރު ބިން ހިއްކައިދީ އެރަށުގައި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ހިންގުމަށާއި އެރަށުގެ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910