ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ހުވާކުރުން ޖުމްހޫރީ މައިދާނުގައި

އިންތިހަބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދު އެމަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް
0%
0%
0%

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިރުޒުލް ވިދާޅުވީ މޫސުން ތަންދޭނަމަ އިންތިހާބީ ރައީސް އަދި އިންތިހާބީ ރައީސްގެ ނައިބް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައި ކަމަށެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ފުރިހަމަ އަށް ލިބޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މިހާރު މަޝްވަރާ ކުރެވިފައިވާ ގަޑިއަކީ 17 ނޮވެމްބަރު ހަވީރުގެ ގަޑިއެއްގައި މި ދަރުބާރު ކުރިއަށް ގެންދިއުމަށް. އެހެންނަމަވެސް އަދި މިތިބީ ތަންކޮޅެއް ކުރީ މަރުހަލާއެއްގައި. މޫސުން ފަދަ ކަންކަމަށް ބަލައި ބައެއް ކުދިކުދި ބަދަލުތައް އައުން އެކަށީގެންވޭ،" ފިރުޒުލް ވިދާޅުވި އެވެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގަލޮޅު ދަނޑު ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910