ދުނިޔެ

ޔުކްރޭންގެ ހާލަތުން އުނގެނުމަށް ޗައިނާގެ ޚާރިޖީ ވަޒީރު ގޮވާލައިފި

ޔުކްރޭނަށް މެދުވެރިވެފައި އެ އޮތް ފަދަ ހާލަތެއް އަވައްޓެރި އެއްވެސް ގައުމަކަށް ކުރިމަތިވުމަކީ ބޮޑު ހިތާމައަކަށް ވާނެ ކަމަށާއި އެފަދަ ފުރުސަތެއް މެދުވެރިވެދާނެ އެއްވެސް ކަމެއް ނުކުރުމަށް އަވައްޓެރިންނަށް ޗައިނާ ގޮވާލައިފި އެވެ.

ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ، ދެކުނު އޭޝިއާގެ ގައުމުތަކަށް ގޮވާލެއްވީ ނުފޫޒުގަދަ ގައުމުތަކަށް ދައުވަތު ދިނުމުގައި ހުދޫދަކަށް އަމަލުކުރުމަށެވެ. އޭނާ ދެކެވަޑައިގަންވާ ގޮތުގައި އެއީ ދުރާލާ ކުރެވޭ ބުއްދިވެރި އިންވެސްޓްމަންޓެކެވެ.

ޔުކްރޭން ހިނގި ފިޔަވަޅު މަތިން ހިނގައިފިނަމަ އަނދަވަޅަކަށް ވެއްޓުން އެކަށީގެންވާ ކަމަަށްވެސް ވާންގް ޔީ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ އަކީ އިންސާނިއްޔަތަށް ދީފައި އޮތް އިންޒާރެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ދެކުނު އޭޝިއާގެ ގައުމަކުން މިފަދަ ފިޔަވަޅުތަކެއް ތަކުރާރު ނުކުރުމަށް އިންޒާރުދޭ ގައުމެއް ގޮތުގައި ޗައިނާ ދެމިއޮންނާނެ ކަމަށާއި އަވައްޓެރިންގެ ހިމާޔަތުގައި ބަސްބުނުމަކީ ޗައިނާއަށް ވެސް ހިމާޔަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރަހައްދީ ސަލާމަތާއި އެކުވެރިކަން ދެމެހެއްޓުމަށް އަވައްޓެރިންގެ މެދުގައި މަޝްވަރާ ވަރަށް މުހިއްމު ކަމަށް ވާންގް ޔީ ވިދާޅުވި އެވެ. އަނގައިން ނުބުނެ ތިބި، ބޭރު ބަޔަކަށް ދެވޭ ދައުވަތެއްގެ ސަބަބުން އުމުރަށް ހިތާމަކުރަން ޖެހިދާނެ ކަމަށްވެސް ވަޒީރު އިންޒާރުދެއްވި އެވެ.

ވާންގް ޔީ ވިދާޅުވި ގޮތުގައި އެމެރިކާ އަކީ އެހެން އެއްވެސް ގައުމަކަށް -- އެ މީހުންނަށް ނުކުރާ ފައިދާެއެއް ވާން އެދޭ ގައުމެއް ނޫން ކަމަށެވެ.

ދެނުކު ޗައިނާ ކަނޑުގެ ސިޔާސަތު އެކުލަވާލުމުގައި އެއްވެސް ގައުމަކުން އެމެރިކާގެ އާންހޫން ހޯދައިގެން ނުވާނެ ކަމަށްވެސް ވާންގް ޔީ ވިދާޅުވި އެވެ.

އަމިއްލަ ސިޔާސަތު އެކުލަވާލުމުގައި އަވައްޓެރިންނަށް ވުރެ ބޮޑަށް ސަރަހައްދު އެނގޭނެ ބަޔަކު ނުވާނެ ކަމަށާއި، އެހެން އެއްވެސް ބަޔަކު ބުނާހާ ގޮތަކަށް ގައުމުގެ ސަލާމަތީ ސިއްރުތައް ހުޅުވައި ނުލުމަށް ވެސް ޗައިނާގެ ވަޒީރު ގޮވާލެއްވި އެވެ.

ދުނިޔޭގެ އިގުތިސާދީ ރޭހުގައި ޗައިނާ ފަހައި އެމެރިކާ ދުވަން ހަދައިގެން ދެ ގައުމުގެ ގުޅުން އޮތި ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޔުކްރޭން ހަނގުރާމާގައި ރަޝިއާއާ އެކު ޗައިނާ އޮތުމަކީ ވެސް ހުޅަނގަށް ހަޖަމުކުރަން ދަތި ހާލަތަކަށް ވަނީ ވެފަ އެވެ.

އެމެރިކާ އާއި ޔޫރަޕް އެކައްޗެއް ކިޔައި ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި އެއްވެސް ފިޔަވަޅެއްގައި ޗައިނާ ބައިވެރި ނުވެ އެވެ. އަދި މިގެ އިތުރުން ޗައިނާ ފެންނަނީ ރަޝިއާއަށް ވަރަށް ބޮޑަށް މަދަދުވެރިވާ ގައުމެއް ގޮތުގަ އެވެ.