ސިވިލް ކޯޓް

ސިވިލް ކޯޓުގެ އިސް ގާޒީ ނިމާލު އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ، އަހްމަދު ނިމާލް (36 އ) ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

ނިމާލް އަވަހާރަވީ މެޔަށް ތަދެއް އަރައިގެން ރޭ މެންދަމު 12:00ގެ ފަހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ނިމާލުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު ހުޅުމާލެ ސަހަރާ ގައެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ނިމާލު އައްޔަންކޮށްފައިވަނީ މާޗް 15، 2022 ގައެވެ. އެ ކޯޓުގެ އިސް ގާޒީ ކަމަށް ނިމާލު އައްޔަންކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހު އެވެ.

ނިމާލް ވަނީ ވިލާ ކޮލެޖުން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ އެވެ. މީގެއިތުރުން ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އެއް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފަ އެވެ.

ނިމާލް އަވަހާރަވިއިރު ދަރިއަކާއި އަންބެއް ދުނިޔޭގައި އެބަހުއްޓެވެ.