ސިވިލް ކޯޓް

ސިވިލް ކޯޓު ހިންގުން ފަރުހާދުއާ ހަވާލުކޮށްފި

ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުއާ ހަވާލުކޮށްފި އެވެ.

ޖޭއެސްސީ އިން ބުނީ ސިވިލް ކޯޓުގެ އިސް ގާޒީގެ ޒިންމާ ވަގުތީ ގޮތުން އިއްޔެ އިން ފެށިގެން ފަރުހާދުއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ސިވިލް ކޯޓު ހިންގުން ފަރުހާދުއާ ހަވާލުކޮށްފައި މިވަނީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ، އަހްމަދު ނިމާލް (36 އ) އަންގާރަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ.

ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް އެނގިފައިވެ އެވެ.