ރަންބީރު ކަޕޫރު

ރަންބީރުގެ އައު ފިލްމެއް

'އެނިމަލް' ޓީޒާގެ ޕޯސްޓަރު
0%
0%
0%

ރަންބީރު ކަޕޫރުގެ އައު އެކްޝަން ތުރިލާ ފިލްމު "އެނިމަލް"ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޓީޒާއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. 2ސައުވީސް ގަޑިއިރު ނުވަނީސް ޔޫޓިއުބްގައި 16 މިލިއަނަށް ވުރެ ގިނަ ބެލުންތެރިން ވަނީ ބަލާފަ އެވެ.

މި ފިލްމުގައި ދައްކުވައިދޭނީ ދަރިއެއްގެ ހިތުގައި ބައްޕައަށް އޮތް ލޯބި އަދި ބަދަލުގައި ދަރިފުޅަށް ބައްޕަގެ ފަރާތުން ބޭނުންވާ ލޯބި އެންމެ ރަނގަޅަށް ނުލިބުމުން ހިނގާ ބޮޑެތި ކަންތައްގަނޑެކެވެ. މީގެ އިތުރުން ވަރަށް ގިނަ އެކްޝަން ސީންތަކެއް ޓީޒާ އިން ފެނިގެންދެ އެވެ.

އެނިމަލްގެ ލީޑް ރޯލުތަކުން ފެނިގެން ދާނީ ރަންބީރު ކަޕޫރް، އަނިލް ކަޕޫރް، ބޮބީ ޑިއޯލް، ތުރިޕްތީ ދިމްރީ އަދި ރަޝްމީކާ މަންދަނާ އެވެ.

އެނިމަލް ރިލީޒް ކުރަން، ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އޮގަސްޓް 11 ވަނަ ދުވަހު އެވެ. ނަމަވެސް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ނުނިމޭތީ ޑިސެމްބަރު މަހަށް ރިލީޒް ކުރުން ފަސްކުރީ އެވެ. މިހާރު ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345