ޣައްޒާގެ އެއް މިލިއަނަށް ވުރެ ބޮޑު އާބާދީ ކޮންމެވެސް އެހެން ތަނަކަށް -- ޣައްޒާ ދޫކޮށް ދިއުމަށް ޔަހޫދީ ދައުލަތުން އޮތީ އިންޒާރު ދީފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ހާރިޖީ ވަޒީރު)އާ އެކު އުރުދުންގެ ވެރިރަށް އަންމާންގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި -- ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވަނީ ޣައްޒާގެ އާބާދީ އެހެން ތަނަކަށް ގެންދިއުމަށް ދެކޮޅު ހައްދަވާފަ އެވެ.
ޔަހޫދީ އަސްކަރީ ބާރުތަކުން ބުނާ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ޣައްޒާއިން ނުފައިބާ ތިބި ބަޔަކަށް އެ މީހުންގެ ޔަހޫދީކަން ދައްކާނެ އެވެ.
ޔަހޫދީ ޓޭންކްތަކުން ޣައްޒާއަށް އަރައި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިއަކު ކަކުނިހަރެއްގައި އޮތް ނަމަވެސް ދަމާ ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ޔަހޫދީ އަސްކަރިއްޔާއިން މުޅި ޣައްޒާ ތަޅާ ސުންނާފަތިކުރާ ކަމަށް އޮތީ ބުނެފަ އެވެ. ޣައްޒާއިން ނިކުންނަށް ބޭނުން ނުވާނަމަ ދެން އޮތް ގޮތަކަދީ ޔަހޫދީ އަނިޔާވެރި ހަމަލާތަކުގައި މަރުވުން ކަމަށްވެސް ޔަހޫދީން ބުނެ އެވެ.
ޔަހޫދީ އަސްކަރީ ދައުލަތުން ދޭ އިންޒާރަށް ކިޔަމަން ނުވެ ތިއްބައި ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. ޔަހޫދީންނަކީ ޖަވާބުދާރީ ކުރުވަން ދުނިޔޭގެ އެއްވެސް ކޯޓަކަށް ހާޒިރުކުރެވޭނެ ބައެއް ނޫން ކަމަށް ވެސް ޔަހޫދީންގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ މުޅި ޣައްޒާއިން ފެނާއި ކަރަންޓް ކަނޑާލައި އަދި އަސާސީ އެހެނިހެން ޚިދުމަތްތައް ކަނޑާލުމުން އިންސާނީ އާބާދީއަކަށް ވާނެ ގޮތް އެމެރިކާއަށް ވިސްނެން ވާނެ ކަމަށެވެ.
އެމެރިކާ ފަދަ ބޮޑެތި ބާރުތައް ނިކަމެތި ފަލަސްތީނުންނާ މެދު އަމަލުކުރުމުގައި އިންސާނީ ރަހުމެއް ނެތީތޯވެސް އައްބާސް ސުވާލުކުރެއްވި އެވެ.
ޔަހޫދީންނަކީ މީހަކު ދައްކާ ވާހަކައެއް ގަބޫލުކުރާ ބައެއް ނޫނެވެ. އެ މީހުންނަށް އެކަމެއްގައި ފައިދާއެއް ނެތް ކަމަކަށް ރުހޭނެ ބައެއްވެސް ނޫނެވެ.
ޔަހޫދީންގެ ދައުރަކީ ދުނިޔޭގައި އިބިލީހުންގެ ދައުރެވެ. އެ މީހުންނާ އެކު އެއްބަސްވުމެއް ހަދައިފިނަމަ އެ މީހުންގެ ފުރަތަމަ ކަމަކަށް ވާނީ އެ އެއްބަސްވުމެއް ރޫޅާނެ ހުއްޖަތެއް ހޯދުމެވެ.