ދުނިޔެ

ޔަހޫދީން ޣައްޒާއަށް ވެރިވެގަނެގެން ނުވާނެ: އިނގިރޭސީން

ޔަހޫދީ ސިފައިން ފަލަސްތީންގެ އާންމުނާ ދިމާއަށް ކަރުގޭސް ޖަހަނީ -- ޔަހޫދީންގެ ބޭނުމަކީ ފަލަސްތީންގެ ބިންތައް ފޭޜިގަތުން
0%
0%
0%

ފަލަސްތީންގެ ޣައްޒާގައި ޔަހޫދީ އަސްކަރިއްޔާ މާގިނަ ދުވަހު ތިބެން ހަދާނެ ކަމެއް ނެތް ކަމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޭމްސް ކްލެވާލީ ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވަޒީރު ވިދާޅުވީ ޔަހޫދީން ޣައްޒާ ހިސާރުކޮށްގެން ތިބުމަކީ އިނގިރޭސިިވިލާތުން ތަރުހީބުދޭނެ ކަމެއް ނޫން ކަމަށެވެ.

އިނގިރޭސި ވަޒީރު ވިދާޅުވި ގޮތުގައި ޣައްޒާގައި ޔަހޫދީންގެ އަސްކަރީ ބާރުވެރިކަމެއް އޮތުމަކީ މެދުއިރުމަތީގެ ސުލްހައަށް ވަރަށް ބޮޑަށް ހުރަސްއެޅޭނެ ކަމެކެވެ. އޭނާ އަދި ވިދާޅުވީ ފަލަސްތީނަށް ޣައްޒާ ދޫކޮށްލާފައި ޔަހޫދީން ވީއެންމެ އަވަހަށް އެ ސަރަހައްދުން ފޭބުން ބުއްދިވެރި ކަމަށެވެ.

އިނގިރޭސި ވަޒީރު ބިރުން މި އުޅުއްވަނީ އެމެރިކާގެ ރައީސް ވިދާޅުވި ކަހަލަ ލަނޑެއް، ޔަހޫދީންނަށް ލިބިދާނެތީ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން -- ޣައްޒާ ހަނގުރާމަ ފެށުތަނާހެން -- ވިދާޅުވި ގޮތުގައި ޔަހޫދީ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އެރުމަކީ ފޭލިވުން ގާތް ކަމެކެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާންގައި ތަޖުރިބާކުރި ކަހަލަ ދުވަސްތަކެއް، ޔަހޫދީ އަސްކަރިއްޔާއަށް ޣައްޒާގައި ތަޖުރިބާކުރަން ޖެހިދާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.

އަފްޣާނިސްތާންގައި އެމެރިކާ ސިފައިންނަށް ސުލްހަ ގާއިމުނުކުރެވުނު ކަމަށް އެއްބަސްވެ ވަޑައިގެން ބައިޑަން ވިދާޅުވީ 20 އަހަރަށް ފަހު އަފްޣާނިސްތާނުން ފައިބަން އެމެރިކާ ސިފައިންނަށް މަޖުބޫރުވީ ތާލިބާނުންގެ އުނދަގުލާ ހެދި ކަމަށެވެ.

ޣައްޒާގައި ހަމާސްގެ ދަންތުރަތައް ގިނަވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ. ދިގު މުއްދަތަކަށް ތިބެން ހަދައިގެން ޔަހޫދީންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށާއި ޔަހޫދީންގެ ހަތިޔާރުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ ވާދަވެރިންނަށް ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ވިދާޅުވީ ޔަހޫދީންނަށްވެސް ހައްގުތަކެއް އޮންނަންވާނެ ކަމަށް އިނގިރޭސިވިލާތް ގަބޫކުރާ ކަމަށާއި ނަމަވެސް، ޔަހޫދީން ވެސް ހަރަކާތްތެރިވާން ޖެހޭނީ ވަކި ހައްދެއްގެ ތެރޭގައިކަން އެ މީހުން ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ.

ދެ ދައުލަތް އޮންނަ ސުލްހައިގެ ރޭވުމަކަށް މަޝްވަރާކުރެވެން އޮތީ ހަނގުމާމަ ހުއްޓާލައިގެން ކަމަށްވެސް އިނގިރޭސި ވަޒީރު ވިދާޅުވި އެވެ.

ޣައްޒާއަށް ދެމުންދާ ފަނާކުރަނިވި ހަމަލާތަކަކީ ސުލްހައަށް މަގުފަހިކުރުވާނެ އަމަލުތަކެއް ކަމަށް އިނގިރޭސިވިލާތް ގަބޫލުނުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345