ދުނިޔެ

ޔަހޫދީ ދައުލަތުން ގައްޒާ ހިފުމަކީ ބޮޑު ގޯހެއް: ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން: ޔަހޫދީ ދައުލަތުން ގައްޒާ ހިފުމަކީ ބޮޑު ގޯހަކަށް ވާނެ ކަމަށް ވިދާޅުވި
0%
50%
50%

ޔަހޫދީ ދައުލަތުން ފަލަސްތީންގެ ޣައްޒާއަށް އަރައިގަނެ އިސްތިއުމާރު ކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހަކަށް ވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

އޭނާ އަދި ވިދާޅުވީ ހަމާސްގެ ހަނގުރާމަވެރިން މުލުން އުފުރާލުމަށްޓަކައި ޣައްޒާ ހިސޯރުކުރަން ޖެހޭ ކަމަށެވެ.

ހަމާސް އަކީ މުޅި ފަލަސްތީން ނޫން ކަމަށް ބައިޑަން ވިދާޅުވި އެވެ. ހަމާސްގެ ހަނގުރާމަވެރިން ނައްތާލުމަށް ޔަހޫދީ ސިފައިން ގާޒާއަށް އަރައި ފަލަސްތީންގެ އާންމުންނަށް ވަރުބޭލުން ބޮޑު މައްސަލައަކަށް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ފަލަސްތީން ތެރޭގައި އޮތް މައްސަލަ\އަކީ ހަމާސް އާއި ހިޒްބުﷲ އެވެ. އެ މީހުންނަށް ތާއީދުކުރާ މީހުންނާއި ހަނގުރާމަވެރިން ނައްތާލެވުމުން -- ޔަހޫދީން ފައިބަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ ޣައްޒާއަށް އަރައިގަނެ އަނެއްކާވެސް މުޅި ސަރަހައް އިސްތިއުމާރު ކުރުމަށް އެމެރިކާ ތާއީދުނުކުރައްވާނެ ކަމަށެވެ. އެމެރިކާ އޮތީ ޖާނާއި މާލުން ޔަހޫދީ ދައުލަތުގެ ހިމާޔަތު ގައެވެ. ގަލްފު ކަނޑަށް ނަގިލި ލައިގެން އޮތް މަނަވަރުތަކަކީ ވެސް ޔަހޫދީންގެ ހިމާޔަތުގައި -- ބޭނުމެއް ޖެހިދާނެ ކަމަށް ތިބި ބައެކެވެ.

ބައިޑަން ވިދާޅުވީ އެމެރިކާ އޮތީ ޔަހޫދީ ދައުލަތުން ކަމަކަށް އެދި ގޮވާލާތޯ ކަމަށެވެ. ހަތިޔާރަށް އެދިއްޖެނަމަ ހަތިޔާރު -- ސިފައިންނަށް އެދިއްޖެނަމަ ސިފައިން ފޮނުވުމަކީ ވެސް އެމެރިކާ ކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޔަހޫދީން ގަބޫލުކުރަންޖެހޭ ކަމަކީ ބައިޑަން ވިދާޅުވި ގޮތުގައި އެ މީހުންގެ ދުޝްމަނުންނަކީ ހަމާސް އާއި ހިޒްބުﷲ ކަމެވެ. ފަލަސްތީންގެ އާންމުންގެ ތެރޭގައި ހަމާސްއަށް އަދި ހިޒްބުﷲއަށް ތާއީދުނުކުރާ ކިތަންމެ ބަޔަކު އުޅޭ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

ޣައްޒާއިން ފެނާއި ކަރަންޓް ކަނޑައި ކާބޯތަކެއްޗަށް ހުރަސްއެޅުމަކީ ގޯހެއް ކަމަށް އެމެރިކާ ބުނަނީ މި ސަބަބަށްޓަކައި ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

ޣައްޒާއަށް އެހީގެ ގާފިލާތައް ވަންނަން ޖެހޭ ކަމަށް ބައިޑަން ވިދާޅުވި އެވެ. ޔަހޫދީން މިކަމަށް ހުއްދަ ދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ޔަހޫދީ އަސްކަރިއްޔާ އިން ކުރަންޖެހޭ ކަމަކީ އެހީގެ ގާފިލާތަކުގައި ހަމާސްއަށް އެއްޗެހި އުފުލާތޯ ބެލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345