ދުނިޔެ

މަސްޖިދުލް އަޤްސާ ގާތްގަނޑަކަށް ހުހަށް

ޔަހޫދީން ފޭރިގެންފައި އޮތް ފަލަސްތީންގެ އިރުމަގީ ގުދުސްގައި ހުންނަ މަސްޖިސުލް އަގްސާއަށް މަދު މީހަކު ނޫނީ ނަމާދަށް ނުވައްދާ ކަމަށް އިސްލާމިކް ވަޤްފް ޑިޕާޓްމަންޓުން ބުނެފި އެވެ.

ޔަހޫދީ ދައުލަތުގެ އަމުރަށް އިރުމަތީ ގުދުސްގެ އެ ހިސާބު ބެރިކޭޑް ޖަހައި މުޅިން ބައްދާފައި އޮތުމުން އަޤްސާ މިސްކިތުގައި ނަމާދުކުރާނެ މީހަކު ނެތި ގިނަ ފަހަރު ހުންނަނީ ހުހަށް ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.

ވަޤްފް ޑިޕާޓްމަންޓުން ބުނި ގޮތުން އަޤްސާއަށް ނަމާދަށް ވައްދަނީ ވަރަށް ބޮޑަށް ބަލައި ފާސްކުރުމަށްފަހު އެ މީހަކީ އުމުރުން 70 އަހަރުން މަތީ މީހެއް ނަމަ އެވެ. މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ދުވަސްވީ މީހުންނަށް އެ މިސްކިތަށް ވަނުން ތަކުލީފަކަށް ވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.

މަންޒަރު ދުށް މީހަކު ނޫސް އެޖެންސީތަކަށް ކިޔައިދިން ގޮތުން އަޤްސާ މިސްކިތް ހުންނަ ސަރަހައްދު ހީވަނީ އަސްކަރީ ގަރާޖެއްހެންނެވެ.

ޔަހޫދީންގެ ޓޭންކްތަކާއި ބޮޑުބަޑި އަދި މަގުބަންދުކުރަން ބޭނުންކުރާ ބެރިކޭޑްތަކުން މުޅި ސަރަހައްދު ފުރިފައިވާ ކަމަށްވެސް އެ މީހުން ބުނެ އެވެ.

ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފިން މި މަހު ހަތްވަނަ ދުވަހު ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1،300 އަށް ވުރެ ގިނަ ޔަހޫދީން ވަނީ މަރާފަ އެވެ.

މި ހަމަލާތަކަށް ބަދަލުހިފުމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޔަހޫދީ އަސްކަރިއްޔާއަށް އަމުރުކޮށްފަ އެވެ.

ޔަހޫދީ އަސްކަރީ ޖެޓުތަކުން ޣައްޒާއަށް -- ޔަހޫދީން ބުނާ ގޮތުން ޣައްޒާގައި ހަމާސްގެ ހަނގުރާމަވެރިން ތިބޭ ތަންތަނަށް -- ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2،000 އަށް އަރަނީ އެވެ.

ޒަހަމްވެގެން ސިއްހީ މަރުކަޒުތަކަށް 6،612 އަށް ވުރެ ގިނަ މީހުން ގެންގޮސްފައިވާ ކަމަށް ޣައްޒާގެ ސިއްހީ އިދާރާއިން ބުނެ އެވެ.

ހަމާސް އިން ބުނާ ގޮތުން ޔަހޫދީ ދައުލަތަށް ހަމަލާދިނީ ޔަހޫދީންގެ ޖެއްސުން ބޮޑުވެ އުޅެވޭ ވަރު ނުވެެގެންނެވެ.

ޣައްޒާއާ ކައިރި ހިސާބުތަކުގައި ވަޒަންވެރިކޮށްފައި ތިބި ޔަހޫދީން ފަލަސްތީން މީހުންނަށް ކުދި އަނިޔާކޮށް ގަޔަށް ކުޅުޖަހައި، އަދި ދެފައިގައި ޖަހައި ވައްޓާލުން ފަދަ ޖެއްސުން ކުރަމުންދާތާ ޒަމާންތަކެއް ވަނީ ވެފަ އެވެ.

މިފަދަ ޖެއްސުންތަކަށް ދެން ކެތްނުކުރެވޭނެ ކަމަށް ހަމާސްއިން ބުނެ އެވެ.