އިޒްރޭލް

ޣައްޒާ ހަމަނުޖެހުން ހަފުތާއަށް ދިގެދެމިގެން ދާނެ: އިޒްރޭލު

އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީންގެ ޣައްޒާއަށް މިހާރު ދެމުން ގެންދާ ހަމަލާތަކަކީ ދުޝްމަނުން ނައްލަން ދޭ ހަމަލާތަކެއް ކަމަށް އެ ގައުމުން އޮތީ ބުނެފަ އެވެ.

އެހެން ނަމަވެސް، އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ ސަބަބުން މަރުވެފައިވާ ކުޑަކުދިންނާއި މުސްކުޅިން އިޒްރޭލުގެ ދުޝްމަނުންނަށް ވާން ޖެހުނު ސަބަބު ބުނެދޭނެ ގޮތެއް އިޒްރޭލަކަށް ނެތެވެ.

ޣައްޒާއަށް ހަމަލާދިނުމުގައި އިޒްރޭލުން ވިސްނާފައި އޮތް ގޮތަކީ ހަމަނުޖެހުންތައް ހަފުތާއަކަށް ދަންމާލައި ބޮމާއި މިސައިލުން ފަލަސްތީންގެ އުމްރާނީ ތަރައްގީގައި ކަމެއް ހުރި ނަމަ ބިމާ ހަމަކޮށްލުމެވެ.

އިޒްރޭލު ބުނާ ގޮތުން މަޝްވަރާ ކުރުމެއް ނޯންނާނެ އެވެ. އިސްލާމިކް ޖިހާދަށް ނިސްބަތްވާ ހަނގުރާމަވެރިން ހިފައި ހައްޔަރު ކުރެވެންދެން ހަމަނޭވާލުމެއް ވެސް ނޯންނާނެ އެވެ.

އިޒްރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނާ ގޮތުން އިސްލާމިކް ޖިހާދުގެ ރޮކެޓްތައް އިޒްރޭލަށް އޮހެމުންދާހާ ހިނދު ހަމަލާދިނުމަށް ބަދަލެއް ނާންނާނެ އެވެ.

އަދި ބުނީ އިސްލާމިކް ޖިހާދު ފަދަ ޓެރަރިސްޓް ޖަމާއަތްތަކުން އިޒްރޭލުގެ އާންމުންނަށް ބިރުދައްކާ ނަމަ އިޒްރޭލު ހިމޭނަކުން ނޯންނާނެ ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ދެވަނަ ދުވަހަކަށް ވަނީ އަލިވިލިފަ އެވެ. އިރާމާތްތަކަށް ބޮންއެޅުމާއި މިސައިލުން ހަމަމާދިނުމުގައި އިޒްރޭލު ސިފައިންގެ މުރާލިކަން ދަނީ ދައްކަމުންނެވެ.

ޔަހޫދީ އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ޣައްޒާއިން މަރުވި މީހުންގެ އަދަދު ވަނީ 24 ފަހަނައަޅާފަ އެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުން މަރުވި މީހުގެ ތެރޭގައި ތެރޭގައި ގިނަ އަދަދަކަށް ކުދަކުދިން ވެސް ހިނެނެ އެވެ. އުދުވާނީ ހަމަލާތަކުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ އަދަދު 203 އަށް ވުރެ ވެސް ގިނަވާނެ ކަމަށް އިދާރާތަކުން ބުނެ އެވެ.