ދުނިޔެ

ބައިޑަންއާ ވާހަކަދައްކަވަން އައްބާސް ބޭނުފުޅެއް ނުވި

އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރެއްވި ފޯނު ކޯލަށް ޖަވާބު ދެއްވަން ފަލަސްތީން އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް ބޭނުންފުޅު ނުވި ކަމަށް ޔަހޫދީ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ޖޯ ބައިޑަން، ޔަހޫދީ އާބާދީތަކަށް ވަޑައިގެން ޔަހޫދީންނާ އޮތް ގާތްގުޅުން ދުނިޔެއަށް ހާމަކުރައްވައި -- ހާލުގައި ޖެހިފައި ތިބި ޣައްޒާގެ ރަައްޔިތުންނަށް ވަނީ މަލާމާތް ކުރައްވާފަ އެވެ.

ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ 500 އެއްހާ މީހުން މެރުމުންވެސް ބައިޑަން ވިދާޅުވީ -- ދިރިތިމުގެ ހައްގު ޔަހޫދީންނަށް ވެސް ލިބިގެންވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަހްމޫދު އައްބާސްއަށް ބައިޑަން ފޯނުކުރެއްވީ ބަހަނާދެއްކެވުމަށް ކަމަށް މަސްރަހު ދަންނަ މީހުން ބުނެ އެވެ. އެމެރިކާގެ ރައީސުންނަކީ ހުއްޖަތް ދައްކަން މޮޅު ބައެއްކަން އެންމެންވެސް ދަނެ އެވެ.

ފަލަސްތީން އޮތީރިޓީގެ އޮފިޝަލުން ހަބަރަށް ވިދާޅުވި ގޮތުގައި ބައިޑަން ބޭނުންފުޅުވެލެއްވީ އައްބާސްއާ އެކު ފޯނުން މަޝްވަރާކުރެއްވުމަށެވެ. އައްބާސް އެ ފުރުސަތު ބައިޑަންއަށް ނުދެއްވީ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ޔަހޫދީ ސިފައިން ޣައްޒާގެ ހޮސްޕިޓަލަށް ބޮން ނޭޅި ނަމަ، ބައިޑަން ހިމެނޭ ގޮތުން އުރުދުންގެ ވެރިރަށް އަންމާންގައި ބާއްވަން އޮތް ސަމިޓް ކުރިއަށް ދިޔައީހެވެ. އޭރުން ބައިޑަން ބޭނުންފުޅުވާ ގޮތް މަހްމޫދު އައްބާސް އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އަދި އުރުދުންގެ އަބްދުﷲ ރަސްގެފާނަށް ދެންނެވުނީހެވެ.

ނަމަވެސް ޔަހޫދީންގެ ނުބައި ރޭވުންތަކުގައި ހޮސްޕިޓަލެއް ގޮއްވާލައި އެ ތަނުގައި ތިބިހާ ބައެއްގެ ލޭކޮށާލުމުން މި ބައްދަލުވުން ވެސް ފެނަށް ދިޔައީ އެވެ.

ހޮސްޕިޓަލް ގޮއްވާލުމުގެ ކުރިން މަހްމޫދު އައްބާސް ވަނީ ޖޯ ބައިޑަންއާ މަޝްވަރާކުރައްވާފަ އެވެ. އެއީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުންނެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްނުދެވިގެން އުޅެނީ އެމެރިކާއިން ބޭނުން ނުވެގެންނެވެ. އެމެރިކާއިން މިހާރު ވެސް އެކަން ކުރަން ޔަހޫދީންނަށް އަމުރުކޮށްފިނަމަ އެކަމަށް ނަގާނީ އެހީގެ ލޮރީތައް ޣައްޒާއަށް ދިއުމަށް ނަގާ ވަގުތުކޮޅެކެވެ.

އެމެރިކާ އަކީ އިންސާނީ ހައްގުތަކުގެ ބަފާ ކަމަށް ބުނެ ވާކާލާތުކުރި ނަމަވެސް، އެ މީހުންގެ ކިބައިގައި ހުރި ޔަހޫދީކަމުގެ ސަބަބުން އެ އުޅެނީ ޒަހަމްވެ ހިރިނުލެވިފައި ތިބި ބަޔަކަށް އެހީ ފޯރުކޮށްދޭނެ ގޮތެއް ނޭނގިގެންނެވެ.