ހަބަރު

ނުވަ އަހަރުގެ ކުއްޖަކާ ބެހިގެން 54 އަހަރުގެ މީހަކު ހައްޔަރުކޮށްފި

Jan 26, 2015
2

އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި 54 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މީހާ ހައްޔަރު ކުރީ ކޮން ރަށަކުން ކަމެއް ފުލުހުން ނުބުނެ އެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ އަނިޔާ ލިބިފައިވާ ކުއްޖާގެ އާއިލާ އިން މި މަހުގެ 24 ވަނަ ދުވަހު ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

ކޯޓުން ވަނީ މި މީހާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ތަހުގީގު ކުރުމަށް 15 ދުވަހަށް ބަންދުގައި ބަހައްޓަން ހުއްދަ ދީފަ އެވެ.