ޖޭއެސްސީ

ޖޭއެސްސީގެ މެންބަރު މާނިއު އިސްތިއުފާ ދެއްވައިފި

Nov 12, 2023

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ހއ. އިހަވަންދޫ، އަންބަރީގެ، އަބްދުލްމާނިއު ހުސައިން އިސްތިއުފާ ދެއްވައިފި އެވެ.

މާނިއު މިއަދު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފުވެފައެއް ނުވެ އެވެ.

ޖޭއެސްސީގައި މާނިއު ހުންނެވީ ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރުގެ ގޮތުގަ އެވެ. މިއީ ގާނޫނީ ވަކީލުންގެ މެދުގައި ވޯޓުލައިގެން ހޮވާ މަގާމެކެވެ. އެގޮތުން މާނިއު ޖޭއެސްސީގެ މެންބަރު ކަމަށް ހޮވުނީ 199 ވަކީލުންގެ ވޯޓުންނެވެ.

މާނިއު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ޖުލައި 31، 2019 ގައެވެ.

އަވަސްއަށް ބައެއް ބޭފުޅުންގެ ފަރާތުން އެނގިފައިވާ ގޮތުގައި މާނިއު ވަނީ މިހާރު ހުޅުވާލާފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފަ އެވެ.