މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ކޮޮޕީރައިޓްސް ގާނޫނަން ހިޔާލު ހޯދަން ހުޅުވާލައިފި

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ހިޔާލު ހޯދުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށް، ކޮޕީރައިޓްގެ ހައްގަށް އުނިކަމެއް އަތުވެއްޖެނަމަ އެޅޭނެ ފިއަވަޅުތަކާއި އަދަބުތައް ކަނޑައެޅުމަށް އުފައްދަވާފައިވާ ގާނޫނަށް އިސްލާހު ގެނައުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ފުރިހަމަކުރުމަށް ކަޑައަޅުއްވާފައިވާ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެގޮތުން ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކޮށް، އިހުނަށްވުރެ ފަހި މާހައުލެއް ކަށަވަރުކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.

ގާނޫނަށް ގެންނަން ބޭނުންވާ އެއްވެސް އިސްލާހެއް ނުވަތަ ހިޔާލެއްވާނަމަ ކުރިއަށް އޮތް ޑިސެމްބަރު 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން މިނިސްޓްރީއަށް އީމެއިލް ކުރުމަށް ނުވަތަ ލިޔުމުން ފޮނުވައިދިނުމަށްވެސް އިކޮނޮމިކް މިނިސްޓްރީން އެދިފައިވެ އެވެ.

ރާއްޖޭގައި ކޮޕީ ރައިޓްސް ގާނޫނެއް އޮތް ނަމަވެސް ގާނޫނާ ހިލާފަށް އަމަލުކުރާ މައްސަލަތައް ގިނަ އެވެ.