މީހެއްގެ ވޮލެޓެއް ވަގަށްނެގި މީހަކު ތިން އަހަރާއި ހަމަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. ކްރިމިނަލް ކޯޓްގެ މި ހުކުމް އައީ ސ. ހިތަދޫ، ސީލަވް، ޙުސައިން ފަޔާޒު 27، ގެ މައްޗަށެވެ.
ދަޢުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޖަމާޢަތް ހަދައިގެން ވައްކަންކުރުމުގެ ކުށުގެ ދަޢުވާއެވެ. މި ދައުވާ އުފުލ ފަޔާޒާއި އިތުރު މީހަކުވެގެން ޖުލައި 14، 2013 ހުޅުމާލެއިން މީހެއްގެ ވޮލެޓާއި އޭގައި ފައިސާއާއި ބޭންކް ކާޑާއި އައިޑީ ކާޑް ވަގަށް ނަގަފައިވާތީ އެވެ.