ރައީސް އޮފީސް

ބިޑްނުކޮށް ޕްރޮޕޯޒަލް ހުށަހެޅޭ އުސޫލު އުވާލައިފި

ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު ރައީސް ޑރ. މުހައްމަދު މުއިއްޒު އުވާލައްވައިފި އެވެ.

މި އުސޫލު އުވާލިކަން ރައީސް އޮފީހުން އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ.

ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލަށް އަމަލުކުރަން ފަށާފައިވަނީ ޖެނުއަރީ 28، 2019ގަ އެވެ.

އޭރު މި އުސޫލު ކަނޑައެޅީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑުކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގުމަށެވެ.