ދުނިޔެ

ލުބްނާން ބޯޑަރަށް ސިފައިން ފޮނުވާ ވާހަކައަކީ ދޮގެއް: އެމެރިކާ

ޒަޔަނިސްޓުން ފޭރިގެންފައި އޮތް ފަލަސްތީންގެ ބިންތަކުގައި އާބާދުވެ ތިބި ޔަހޫދީންގެ ރައްކާތެރިކަމަށްޓަކައި ހަނގުރާމަކުރުމަށް ލުބްނާން ބޯޑަރަށް އެމެރިކާ ސިފައިން ފޮނުވަން އުޅޭ ވާހަކަ އެ ގައުމުން ދޮގުކޮށްފި އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާން ވިދާޅުވި ގޮތުގައި، ޔަހޫދީންނާ ބައިވެރިވުމަށް ލުބްނާން ބޯޑަރަށް އެމެރިކާ ސިފައިން ޖަމާކުރާ ޚަބަރުތަކަކީ ބުހުތާނު ދޮގެކެވެ.

އެ ސަރަހައްދުގައި މިއަދު އޮތް ނުރައްކާތެރި ހާލަތުގައި ވަކިކޮޅަކަށް ހަނގުރާމަކޮށް ދިނުމަށް އެމެރިކާ ސިފައިން ފޮނުވަން ވިސްނާފައި ނުވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން މިހެން ވިދާޅުވި ނަމަވެސް ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި އެމެރިކާ ސިފައިން ބައިވެރިވާ ކަމަށް ކިތަންމެ ނޫހަކުން ވަނީ ރިޕޯޓްކަޮށްފަ އެވެ.

ޒަޔަނިސްޓުން އެއްގަމު މަގުން ޣައްޒާއަށް އަރައި ހިންގަމުން ގެންދާ އޮޕަރޭޝަންގައި އެމެރިކާގެ 5،000 ސިފައިން ބައިވެރިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އެމެރިކާ އަކީ އެއްއިރެއްގައި ވެސް ތެދުހަދާ ގައުމެއް ނޫނެވެ. އެ މީހުންގެ މަސްލަހަތު އޮތް ކަމެއްގައި -- ދެން ތިބި މީހުން މަރާފައި ނަމަވެސް، އެކަމެއް ހާސިލުކުރެ އެވެ.

އޮކްޓޯބަރު ހަތެއްގައި ޒަޔަނިސްޓުން ޣައްޒާއަށް ހަމަލާދޭން ފެށިތަނުން އެމެރިކާއިން ވަނީ ފައިޓަރު ޖެޓު އުފުލާ ދެ މަނަވަރު މެދުއިރުމައްޗަށް ފޮނުވާފަ އެވެ. މި އުޅަނދަކީ ޣައްޒާގައި ތިބި ނިކަމެތިންގެ ބޮލަށް ބޮންއެޅުމަށް -- ޣައްޒާގައި މީހުން އެންމެ ގިނަ ތަންތައް ހޯދައި ޖާސޫސްކޮށްދިނުމަށް ދިޔަ މަނަވަރެކެވެ.

އަނެއްކޮޅުން ޣައްޒާ ހަނގުރާމަ ފުޅާވެދާނެ ކަމަށް ބަލައި، މި ހަނގުރާމާގައި އަމަލީ ގޮތުން އީރާން ބައިވެރިވެދާނެ ކަމަށް ބަލައި ފޮނުވި މަނަވަރެކެވެ.

އެމެރިކާއިން ވަނީ ނިއުކްލިއާ ގާބިލުކަން ހުރި ސަބްމެރީނެއް ވެސް އެ ސަހައްދަށް ފޮނުވާފަ އެވެ.

ޒަޔަނިސްޓު ޔަހޫދީން ޣައްޒާ އަށާއި ލުބްނާނަށް ހަމަލާދެމުން އެ ގެންދަނީ އެމެރިކާގެ ހިމާޔަތުގަ އެވެ. ޔަހޫދީންގެ އެއްވެސް އަމަލެއް އެމެރިކާއިން ނުހުއްޓުވާނެކަން ޔަހޫދީންގެ ވެރިނަށް އެނގެ އެވެ.

ޣައްޒާ އާއި ލުބްނާންގެ ހާލަތު މިިހެން އޮތްއިރު، ޒަޔަނިސްޓުންނަށް އެހީތެރިވާން އެމެރިކާ ސިފައިން ނުފޮނުވާނެ ކަމަށް އެ ގައުމުން ބުނި ނަމަވެސް އެއީ އެއްވެސް ބަޔަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ.

ރަޝިއާ - ޔުކްރޭން ހަނުގުރާމާގައި ވެސް ޔުކްރޭނަށް ވާގިވެރިވުމަށް އެމެރިކާގެ ޖެނެރަލުންނާޢި ކޮމާންޑަރުން އައި ފައިޓަރުން ވަނީ ޔުކްރޭނަށް ފޮނުވާފަ އެވެ. ރަޝިއާ އަތުގައި މިފަދަ އެތައް ހެއްކެއް އެބަ ހުއްޓެވެ.