ކްރިމިނަލް ކޯޓް

ގެސްޓްހައުސް އަކަށް މީހަކު ގެންގޮސް ފޭރުނު ތިން މީހަކު ހައްޔަރުކޮށްފި

ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް ފޭރުމުގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ އަންހެނަކާއި 21 އަަހަރުގެ ފިރިހެނެއްގެ އިތުރުން 46 އަހަރުގެ ފިރިހެނެކެވެ.

މި ތިން މީހުންގެ މަައްޗަށް ތުހުމަތުކުރަނީ ޖަމާއަތް ހަދައިގެން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެއްޓުމާއި ފޭރުމާއި މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތެވެ.

ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމާފައިވަނީ ބަންދަށް 15 ދުވަސް ދިނުމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދެ ފިރިހެނުންނަކީ ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.