ދިރާގު

ދިރާގު އާ މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނާއެކު ހިލޭ މައިފައި ޑިވައިސްއެއް

ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސްއެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން އިއުލާނުކޮށްފި އެވެ.

އެގޮތުން ދިރާގާއެކު މިހާރު ސްކޫލް ޗުއްޓީ އަދި އައު އަހަރުގެ ދަތުރުތަކުގައި ހުރިހާ ތަނަކަށްވެސް ޑޭޓާ ހިފައިގެން ދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން އައު މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީގެ ކަނެކްޝަންތަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސްއެއް ލިބޭނެ އެވެ. ދިރާގުން ބުނި ގޮތުގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް މޮބައިލް ބްރޯޑްބޭންޑް ޕެކޭޖަކަށް ސަބްސްކްރައިބްކޮށްގެންވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން ކުރިއަށް ދާނީ ޖެނުއަރީ 31، 2024ގެ ނިޔަލަށެވެ.

ޕްރޮމޯޝަނާއި ގުޅޭ ގޮތުން ދިރާގުގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން ކޮންމެ ވަގުތަކު ކޮންމެ ތާކަށް ދިޔަސް މެދުކެނޑުމެއްނެތި ގުޅުވާލަދިނުމަށެވެ.

"މި ހާއްސަ ޕްރޮމޯޝަނާއެކު މި ޗުއްޓީ މޫސުމުގައި ދަތުރުކުރާ ހުރިހާ މީހުންނަށްވެސް ފަސޭހަކަމާއެކު ރައްޓެހިންނާއި އާއިލާއާ ވާހަކަދައްކާލާ ގުޅުން ބަދަހިކޮށްލެވޭނެ،" ޖައިޝާން ވިދާޅުވި އެވެ.

ދިރާގު ޑޭޓާ ޕްލޭންތަކާއި ބެހޭ އިތުރު މައުލޫމާތު އަދި ޕްލޭންތަކަށް ދިރާގު ވެބްސައިޓުން ސަބްސްކްރައިބް ކޮށްލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާތައް އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.