އައްޑޫ ސިޓީ

އައްޑޫ ކައިރިއަށް ހަތަރު ބިންހެލުން އައިސްފި

އައްޑޫ ސިޓީ ކައިރިއަށް އިންޑިއާ ކަނޑުން ރާއްޖެއަށް ހަތަރު ބިން ހެލުމެއްގެ އަސަރުކޮށްފި އެވެ.

ސްރީލަންކާގެ ޖިއޮލޮޖިކަލް ސާވޭ އެންޑް މައިންސް ބިއުރޯ (ޖީއެސްއެމްބީ) އިން ބުނީ ފުރަތަމަ ބިންހެލުން އައިސްފައިވަނީ 4.8 މެގްނިޓިއުޑްގައި 10 ކިލޯމީޓަރު އަޑިއަށް ކަމަށެވެ. އޭގެ ފަހުން 5.2 މެގްނިޓިއުޑް، 5.8 މެގްނިޓިއުޑް އަދި 5.0 މެގްނިޓިއުޑްގެ ބާރު މިނުގައި ތިން ބިންހެލުން އައިސްފައިވާ ކަމަށްވެސް ހާމަކޮށްފައިވެ އެވެ.

ސްރީލަންކާގެ މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި މި ބިން ހެލުމާ ގުޅިގެން ސުނާމީއެއްގެ ނުރައްކަލެއް ނެތެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނީ ރޭ މެންދަމުން ފެށިގެން މިއަދު ހެނދުނާ ހަމައަށް 4 ބިންހެލުން ރެކޯޑްކުރެވިފައިވާ ކަމަށެވެ. އެންމެ ބާރުގަދައީ އައްޑޫ ސީޓީއާ 900 އެއްހާ ކިލޯމީޓަރު ދުރަށް އައި ބިންހެލުން ކަމަށްވެސް ބުންޏެވެ.