މޫސުން

ދެކުނުގެ މޫސުން ގޯސްވެ ހަތަރު އަތޮޅަށް އިންޒާރު

މޫސުން ގޯސް ކަނޑުގަދަ ދުވަހެއް: ދެކުނުގެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓް ނެރެފައި -- އަވަސް ފޮޓޯ
0%
0%
0%

ދެކުނުގެ ހަތަރު އަތޮޅުގެ މޫސުން ގޯސްވެ އެ އަތޮޅުތަކަށް މޫސުމީ އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެން ކަމުން އެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެ އެލާޓް ނެރެފައިވަނީ މިރޭ 8:30 ގެ ނިޔަލަށެވެ.

މި ވަގުތުތަކުގައި 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ކަނޑުތައްވެސް ގަދަވާނެތީ ދަތުރުކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ދެކުނުގެ ހަތަރު އަތޮޅުގެ މޫސުން ގޯސްވެ އެ އަތޮޅުތަކަށް އެލާޓް ނެރެފައިވާއިރު ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ސިފައިން ހިންގާ އޮޕަރޭޝަނަށްވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މޫސުން ގޯސް ނަމަވެސް މިއަދުވެސް ހަތަރު ޑައިވް ކުރިއަށް ގެންގޮސްފައިވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345