ހަބަރު

ދެކުނަށް މޫސޫން އޮތީ ބަނަކޮށް

މިދިއަ ހަފުތާގެ ތެރޭ ވިއްސާރައިގައި ވާރޭ ވެހި އައްޑު އަތޮޅުގެ ރަށެއްގައި ފެން ބޮޑުވުމުން ފެން ހިންދުުމުގެ މަސައްކަތް ކުރަނީ
0%
0%
0%

މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ރީނދޫ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު 1:30 އާއި 4:30 އާ ދެމެދު ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ އިރު އާންމުކޮށް 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ
ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މި ދުވަސްވަރު ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މީގެ އިތުރުން ބޭ އޮފް ބެންގޯލް ގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެންވެސް ރާއްޖޭގެ މޫސުމަށް ވަނީ އަސަރު ކޮށްފައި ވެއެވެ.

މޫސުން ގޯސްވާނެތީ ރާއްޖެއަށް ފުރަތަމަ ފަހަރަށް އޮރެންޖު އެލާޓެއް ނެރުނީ މިދިއަ ބުރާސްފަތި ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345