އެމްޑީޕީ

އައިޑީޔޫގެ ބައްދަލުވުމަށް އެމްޑީޕީގެ ވަފުދެއް

Feb 25, 2016

އިންޓަނޭޝަނަލް ޑިމޮކްރަޓް ޔޫނިއަން (އައިޑީޔޫ) ގެ އެކްޒެކުޓިވް އެންޑް ސްޓޭންޑިން ކޮމިޓީ އޮން ފޮރިން އެފެއާސްގެ ބައްދަލުވުމަށް އެމްޑީޕީގެ ވަފުދެއް ބައިވެރިވެއްޖެ އެވެ.

އައިޑީޔޫ އެކްޒެކުޓިވް އެންޑް ސްޓޭންޑިން ކޮމިޓީ އޮން ފޮރިން އެފެއާސްގެ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ވަނީ މިއަދު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބާއްވާފައެވެ. މި ބައްދަލުވުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމް ފުރާވަޑައިގަތީ އިއްޔެ އެވެ. ބައްދަލުވުމުގައި އަލީ ޝިޔާމްގެ އިތުރުން މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މާރިޔާ އަޙްމަދު ދީދީ ، އެމް.ޑީ.ޕީގެ ބައިނަލްއަޤްވާމީ ތަރުޖަމާން ޙާމިދު އަބްދު ޣަފޫރު އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއިބެހޭ ކޮމިޓީގެ މެމްބަރު އުމަރު ޢަބްދުލް ރައްޒާގު ބައިވެރިވެ ވަޑައިގަންނަވަ އެވެ.