ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

އެމްޑީޕީގެ ޓިކެޓްގައި ހޮވުނު ކައުންސިލަރު ޕީއެންސީއަށް ސޮއިކުރައްވައިފި

މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މެދުހެންވޭރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ހޮވުނު ކައުންސިލަރު އަހްމަދު ރިޝްވާން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކުރައްވައިފި އެވެ.

ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު ރިޝްވާން މިއަދު ވަނީ މެންބަޝިޕް ފޯމު ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާއަށް ފޯމު ހަވާލުކުރައްވާފަ އެވެ.

މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ރިޝްވާން ހޮވީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ އަށެވެ.