ދުނިޔެ

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ލިބޭނެ: އެންޓަނީ ބްލިންކެން

ނޭޓޯގެ ދޮރުތައް ހުރީ ޔުކްރޭނަށް ވެސް ހުޅުވިފައި ކަމަށާއި މިސާލު ނަގަންވީ ސްވިލަންޑާއި ފިންލޭންޑުން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ބްލިންކެން ވިދާޅުވި ގޮތުން ގައުމުތަކުން މިހާރު ވެސް ނޭޓޯއާ އެބަ ގުޅެ އެވެ. ފިންލަންޑަށާއި ސްވިޑަންއަށް ވެސް މިހާރު އޮތީ މަގު ތަނަވަސްވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިހެން ކަން އޮތުމުން، ބްލިންކެން ވިދާޅުވި ގޮތުން، ނޭޓޯގައި ބައިވެރިވުމަށް ޔުކްރޭނަށް ވަކި ހުރަހެއް ނެތެވެ.

މި ދިޔަ އަހަރު ޖުލައި 11-12 ގައި ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި ބޭއްވި ނޭޓޯ ސަމިޓްގައި، މެމްބަރުގެ މެދުގައި ޔުކްރޭނާ ބެހޭ ގޮތުން އޮތީ މަޝްވަރާކުރެވިފަ އެވެ.

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް މެމްބަރު ގައުމުތައް އެއްބަސްވި ނަމަވެސް، ނޭޓޯގައި މިހާރު ހިމެނޭ މެމްބަރު ގައުމުތަކާ އެއް ފެންވަރަށް ނޭޓޯ ގެނައުމަށް ވެސް މެމްބަރުން މަޝްވަރާކުރި އެވެ.

މި ގޮތުން މެމްބަރުންގެ މެދުގައި އެންމެ ބޮޑަށް މަޝްވަރާކުރެވުނީ އަސްކަރީ ގޮތުން އަދި އިގުތިސާދީ ގޮތުން ނޭޓޯގެ އެހެން މެމްބަރުންނާ އެއް ހަމައަކަށް ގެނައުމަށް ފަންޑުކުރާނެ ބަޔަކު ހޯދުމެވެ.

ޔުކްރޭން އަސްކަރީ ބާރަކަށް ހެދުމަށް ފައިސާ ހޯދާނެ ގޮތްތަކެއް ރޭވުމަށް ވެސް މެމްބަރު ގައުމުތަކުން މަޝްވަރާކުރި އެވެ.

އެންޓަނީ ބްލިންކެން މިހެން ވިދާޅުވި ނަމަވެސް، ނޭޓޯގައި ބައިވެރިވުމަށް ރަސްމީކޮށް ޔުކްރޭނަށް ދައުވަތު އަދިވެސް ނުދެ އެވެ. ނޭޓޯގެ މެމްބަރަކަށް ވުމަށް -- މެމްބަރު ގައުމުތަކުން ރުހުން ހޯދުމަށް ފަހު ދައުވަތު ލިބުމުން ނޫން ގޮތަކަށް ނޭޓޯގައި ބައިވެރި ނުވެވެ އެވެ.

ޔުކްރޭން ނޭޓޯގައި ބައިވެރިކުރުމަކީ ރަޝިއާގެ ގައުމީ ސަލާމަތަށް ވަރަށް ބޮޑު ނުރައްކަލަށް ވާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އޮތީ ވިދާޅުވެފަ އެވެ. ޔުކްރޭން ނޭޓޯގައި ބައިވެރިވުމަށް ކުރާ ކޮންމެ ކަމެއް ހުއްޓުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕޫޓިން އަދި ވިދާޅުވީ ޔުކްރޭނަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ދިނުމާ ދެކޮޅު ނުހައްދަވާނެ ކަމަށެވެ. ޔުކްރޭނުން ބޭނުން ނަމަ އެކަން ކުރުމާ މޮސްކޯ ދެކޮޅު ނޫން ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާއާ ޔުކްރޭންއާ ދެމެދު މިހާރު ހިނގާ ޔުކްރޭން ހަނގުރާމަ އަކީ ވެސް، ޔުކްރޭން ނޭޓޯގައި ބައިވެރިވާން ކުރާ މަސައްކަތް ހުއްޓުވަން ކުރާ ހަނގުރާމަ އެކެވެ. ރަޝިއާ ދޫކޮށް ޔުކްރޭން ހުޅަނގަށް މާ ބޮޑަށް ލެނބުމަކީ ވެސް ރަޝިއާ ގަބޫލު ކަމެއް ނޫނެވެ.