އެމްޑީޕީ

އެމްޑީޕީގެ މަޖިލިސް ކެމްޕޭން މާދަމާ ރޭ ފަށަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން މާދަމާ ރޭ ރަސްމީކޮށް ފެށުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައި އާޓިފިޝަލް ބީޗު ގައެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބަށް މިއަހަރު ބޭނުންކުރާ ސްލޯގަން ނުވަތަ ޝިއާރަކީ "މިސްރާބު ހަމަ މަގަށް" މިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް ކެންޑިޑޭޓުން ހޮވާއިރު 90 ދާއިރާއަށް އެމްޑީޕީން ވާދަކުރެ އެވެ. އެމްޑީޕީގެ ޓިކެޓް ދީފައިވަނީ ހަ އަންހެނުންނަށާއި 84 ފިރިހެނުންނަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މަޖިލީހުން އިސްލާހެއް ގެނެސް ރޯދަ މަސް ނި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައި ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިމަހުގެ 11 ވަނަ ދުވަހު ގާނޫނު އިސްލާހުކޮށްފަ އެވެ. މިއިސްލާހަށް އަމަލުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިބިލް ތަސްދީގުކުރެއްވުމުންނެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް އެ ބިލެއް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވުމުން ތަސްދީގު ކުރެއްވުމަށް ނުވަތަ އަނބުރާ މަޖިލީހަށް ފޮނުވުމަށް 15 ދުވަހުގެ މުއްދަތެއް ރައީސް އަށް ލިބޭނެ އެވެ. އެހެންކަމުން އިންތިހާބު ފަސްކުރުމުގެ އިސްލާހު ތަސްދީގު ނުކުރައްވާ ރައީސްއަށް ބޭއްވޭނީ މާދަމާގެ ނިޔަލަށެވެ.

އިސްލާހެއް ތަސްދީގު ނުކުރައްވާ އަލުން އަނބުރާ މަޖިލީހަށް ފޮނުއްވުމުން އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފިނަމަ އެ ބިލެއް ރައީސް ތަސްދީގު ކުރައްވާ ސަރުކާރު ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު އެގޮތަށް އަމަލު ނުކުރައްވާ އިންތިހާބު މާޗް 17 ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އިދިކޮޅު އެމްޑީޕީން ތުހުމަތުކުރެ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކޮށްފައިވަނީ 386 ކެންޑިޑޭޓުންނެވެ. އެއީ 43 އަންހެންނާއި 343 ފިރިހެނުންނެވެ. ނަން ނެނގި ބޭފުޅުން ނުލައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަނީ 368 ކެންޑިޑޭޓުންނެވެ. އެއީ 42 އަންހެންނާއި 326 ފިރިހެންނެވެ. އިންސައްތައިން ނަމަ އެއީ 11.41 އިންސައްތަ އަންހެނުންނާއި 88.58 އިންސައްތަ ފިރިހެނުންނެެވެ.