ބަނޭރާ

ހަށިގަނޑުގެ ރިކަވަރީއަށް ބޭނުންވާ އެންމެ ފުރިހަމަ ހިދުމަތްތަކާ އެކު ބަނޭރާ

ރާ އްޖޭގައި ކުޅިވަރު ކުޅޭ އެތުލީޓުންގެ ރިކަވަރީއަށް ބޭނުންވާ އެންމެ ފުރިހަމަ ހިދުމަތްތައް ނުލިބުމަކީ އެތުލީޓުންގެ އަބަދުވެސް ކަންބޮޑުވުމެކެވެ.

ކުޅިވަރު ކުޅޭ މީހުންގެ އިތުރުން ޖުމްލަކޮށް އެންމެންނަށް ހާއްސަކޮށް ހުޅުވި ސްޕޯޓްސް ރިކަވަރީ ސެންޓާ – ބަނޭރާ ވެލްނަސްއަކީ ރިކަވަރީގެ ގިނަ ތެރަޕީތަކެއް ރަނގަޅު ފެންވަރުގައި ހެޔޮ އަގުގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ރިކަވަރީ ސެންޓަރެކެވެ.

ބަނޭރާ ވެލްނަސްގެ މެނޭޖަރު އަތިއްޔާ ޝަކީލް އަވަސް އަށް ވިދާޅުވީ ރިކަވަރީ އާއި ރިހެބްއަކީ ކޮބައިކަން ވަރަށް ގިނަ މީހުންނަށް އޮޅިފައިވާ ކަމަށާއި ރިހެބްއަކީ އަނިޔާއެއްވުމުން ފިޒިއޮތެރަޕީ ނުވަތަ ކޮންމެވެސް ކަރެކްޓިވް އެކްސަސައިޒް ހަދައިގެން ރަނގަޅުކުރުން ކަމަށެވެ.

ސްޕޯޓްސް ރިކަވަރީ ސެންޓަރެއްގެ މައިގަނޑު މަސައްކަތަކީ ރިކަވަރީ އެވެ. ކުޅިވަރު ކުޅޭމީހާގެ ވަރުބަލިކަން ފިލުވާލާ ހަށިގަނޑު ތާޒާކޮއްލަން ދޭ ތަފާތު ވައްތަރުގެ ތެރެޕީތައް ހުރެ އެވެ.

"ކުޅިވަރު ކުޅޭ މީހުންގެ އިތުރުން ގިނައިރު އިށީނދެ ތިބޭ މީހުން، ހާއްސަކޮށް ޓެކްސީ ޑްރައިވަރުންނާއި, އޮފީހުގައި ގިނައިރު ގޮޑީގައި ތިބޭ އަދި ބުރަކަށީގައި ރިއްސާ މީހުން، އެކި ކަހަލަ ތަދު ހުންނަ މީހުން، އުމުރުން ދުވަސްވީ މީހުންނަށް ބަނޭރާއިން ދޭ ތެރަޕީއަކީ ރިކަވަރީ،" އަތިއްޔާ ވިދާޅުވި އެވެ.

އެގޮތުން ތަފާތު ގިނަ ހިދުމަތްތަކެއް ބަނޭރާ ވެލްނަސް އިން ފޯރުކޮށްދެ އެވެ.

ކޮމްޕްރެޝަން ތެރަޕީ

ކޮމްޕްރެޝަން ތެރަޕީއަކީ ސްލީވެއް ލައްވައިގެންދޭ ތެރަޕީ އެކެވެ.

ފައިގެ އިތުރުން އުނަގަނޑު އަދި އަތަށް ސްލީވެއް ލައްވައިގެން ދޭ މި ޓްރީޓްމަންޓްގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުކޮށްދެ އެވެ.

ނަތީޖާއަކީ އަތާއި ފައި އަދި އުނަގަނޑުގެ ތަދުތައް ފިލުވައި ދިނުމާއި ތާޒާކޮށްދިނުމެވެ.

އައިސް ބާތު

ރާއްޖޭގައިވެސް ބައެއް ތަންތަނުން އައިސް ބާތުގެ ހިދުމަތް ދިން ނަމަވެސް ބަނޭރާ ވެލްނަސް އިން ދޭ މި ހިދުމަތުގެ ފެންވަރު ރަނގަޅުވެފައި ފުރިހަމަވެފައި މުޅިން ތަފާތެވެ.

"ބައެއް ތަންތަނުން އައިސް ބާތުގެ ހިދުމަތް ދެނީ އައިސް އަޅައިގެން. އޭގެ ސަބަބުން އެކި ތަންތަނުގައި ފިނިމިން ހުންނަނީ އެކި ވަރަށް. އަނެއްކާ އައިސް ބާތުގައި އޮންނައިރު ހޫނުމިން ހިފަހައްޓަން ހަށިގަނޑުގެ މަސައްކަތްކުރާނެ. އެހެންވީމަ އައިސް ބާތުގެ ޓެމްޕަރޭޗާ ނުހިފަހައްޓާނެ،" އަތިއްޔާ ވިދާޅުވި އެވެ.

އައިސް ބާތަށް ބަނޭރާ ވެލްނަސްގައި ބޭނުންކުރަނީ ފިލްޓަރުތަކެއް ހުންނަ ހާއްސަ މެޝިނެވެ.

އައިސް ބާތަކީ ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށްވާއިރު ބަނޭރާ ވެލްނަސްގައި ހުންނަ އައިސް ބާތުގެ ފެން މި މެޝިންތަކުގައިވާ ފިލްޓަރުތަކުން ފިލްޓާކޮށް ބެކްޓީރިއާ މަރާލުމަށްފަހު ތާޒާ ފެން ފޯރުކޮށްދޭތީ ހައިޖީން ހިފަހައްޓައިދެ އެވެ.

ބަނޭރާ ވެލްނަސްގެ ފާހަގަކޮށްލެވޭ އަނެއްކަމަކީ އައިސް ބާތު ލިބިގެން ދާނީ ޕްރައިވެޓް ރޫމެއްގަ ކަމެވެ. ކަސްޓަމަރުންނަށް ފުލް ޕްރައިވަސީ ލިބޭނެ އެވެ. އަދި އައިސް ބާތަށްފަހު ފެންވަރާލެވެން ވެސް ހުންނާނެ އެވެ.

މީގެ އިތުރުން ބަނޭރާ ވެލްނަސްގައި ފިރިހެން ކަސްޓަމަރުންނަށް ފިރިހެން އެޓެންޑެންޓުން ތިބޭއިރު އަންހެން ކަސްޓަމަރުންނަށް ތިބޭނީ އަންހެން އެޓެންޑެންޓުންނެވެ.

ރެޑްލައިޓް ތެރަޕީ

ބަނޭރާ ވެލްނަސް އިން ފޯރުކޮށްދޭ ރެޑްލައިޓް ތެރަޕީއަކީ ބިއުޓީ ތެރަޕީއެއްގެ އިތުރުން ރިކަވަރީ އެއްޗެކެވެ.

ރެޑްލައިޓް ތެރަޕީއަކީ ހަށިގަނޑުން އިންފްލެމޭޝަން ދުއްވާލާ ދިނުމުގެ އިތުރުން ހަންގަނޑު ރީތިކޮށްދޭ އެއްޗެކެވެ.

މި ތެރަޕީގެ ސަބަބުން ނިދުން ރަނގަޅުކޮށްދީ ހަށިގަނޑުގެ ތަދުވާތަންތަނުގެ ރިހުން ކުޑަ ކޮށްދެ އެވެ. އަދި ރިހުންތައް ހުންނަ ތަންތަނަށް މި ތެރަޕީގައި އަލިކޮށްގެން ފަރުވާދެ އެވެ.

މީގެ އިތުރުން ބޮޑީ ސެލްގައި ހިމެނޭ އެންމެ މުހިއްމު އެކަތި ކަމަށްވާ މައިޓޯކޮންޑްރިއާ ބޫސްޓްކޮށްދީ އޭގެ ސަބަބުން މީހާގެ ޕާފޯމަންސް ރަނގަޅުކޮށްދެ އެވެ.

ހައިޕާބެރިކް އޮކްސިޖަން ޗެމްބާ

ހައިޕާބެރިކް އޮކްސިޖަން ޗެމްބާއަކީ ދުނިޔޭގެ މަޝްރޫއު އެތުލީޓުން ގަވާއިދުން ބޭނުންކުރާ ހިދުމަތެކެވެ.

ބަނޭރާ ވެލްނަސް އިން ދޭ ހައިޕާބެރިކް އޮކްސިޖަން ޗެމްބާއަކީ އިންފްލޭޓަބަލް ޗެމްބާއެކެވެ. މި ޗެމްބާއިން 100 ޕަސަންޓް އޮކްސިޖަން ފޯރުކޮށްދޭނެ އެވެ.

"ކޮންސަންޓްރޭޓެޑް 100 ޕަސަންޓް އޮކްސިޖަން ދީގެން މީހާގެ ޕާފޯމަންސް އާއި އިންޖަރީ އަވަހަށް ރިކަވަރީ ކޮށްދޭ އެއްޗެއް މިއީ،" އަތިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަތީފަންތީގެ އެތުލީޓުން ހަފުތާއަކު މީގެ ދެ ސެޝަން ނަގާނަމަ ބުންވަރު ރަނގަޅުކޮށްދީ އިންޖަރީ އިން ލިބިފައި ހުރި އަނިޔާތައް އަވަހަށް ރިކަވާކޮށްދެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހޮސްޕިޓަލުތަކުގައިވެސް ބޮޑެތި އޮޕަރޭޝަން ކުރާ މީހުން އަވަހަށް ބަލިން ރަނގަޅުކުރުމަށް މެޑިކަލް ގްރޭޑްގެ ހައިޕާބެރިކް އޮކްސިޖަން ޗެމްބާ ބޭނުންކުރެ އެވެ.

ކުޅިވަރު ކުޅޭ މީހުންގެ އިތުރުން މިއީ ދުވުންތެރިން މެރެތަންއަށް ތައްޔާރުވާން އަދި ކުޅިވަރުގައި ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާ މީހުންނަށް ހާއްސަ ތެރަޕީއެކެވެ.

އިންފްރާރެޑް ސައުނާ

ސައުނާއަކީ ހިތުގެ ސިއްހަތު ރަނގަޅުކޮށްދޭ އެއްޗެއްގެ އިތުރުން ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށްދޭ އެއްޗެކެވެ.

"ސައުނާ ބޭނުންކުރާނަމަ, ލޭ ހިނގުން, ސްޓްރެސް އަދި ކާޑިއޯ ހެލްތު ރަނގަޅުކޮށްދީ ހިތުގެ މައްސަލަ ޖެހިގެން މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ. އަދި ހަށިގަނޑުގައިވާ ޓޮކްސިކް ބައި ބޭރުކޮށްދޭ،" އަތިއްޔާ ވިދާޅުވި އެވެ.

ބަނޭރާ ވެލްނަސް އިން ފޯރުކޮށްދޭ މި ހިދުމަތުން މީހާގެ ހަށިގަނޑު ތާޒާކޮށްދެ އެވެ.

އައިސް ބާތު އަދި ސައުނާ ބޭނުންކޮށްގެން ދޭ ކޮންޓްރާސްޓް ތެރަޕީ

ބަނޭރާ ވެލްނަސް އިން ވަނީ އައިސް ބާތު އަދި ސައުނާ ބޭނުންކޮށްގެން ދޭ ކޮންޓްރާސްޓް ތެރަޕީއެއްވެސް ތައާރަފުކޮށްފަ އެވެ.

"މި ހިދުމަތުގައި ސައުނާގައި 15 މިނެޓް އިނދެފައި އައިސް ބާތުގައި ދެތިން މިނެޓް ހޭދަކޮށްފައި ތެދުވެ ގައި ހިއްކާލައިގެން ގޮސް އަނެއްކާވެސް ސައުނާގައި 15 މިނެޓް ހޭދަކުރުމަށްފަހު އައިސް ބާތުގައި ދެތިން މިނެޓް ހޭދަކޮށް މި ތެރަޕީ ނިންމާލާނީ،" އަތިއްޔާ ވިދާޅުވި އެވެ.

މި ތެރަޕީގެ ސަބަބުން ބޮޑީގެ ޓެމްޕަރޭޗާ ރަނގަޅުކޮށްދީ ހަށިގަނޑުން އިންފްލިމޭޝަން ދުއްވާލައި, ލޭ ހިނގުން ރަނގަޅު ކޮށްދީ، މަސަލް ސޯނެސް ކުޑަކޮށްދީ ފުލް ބޮޑީ ރަނގަޅު ރިކަވަރީއަކަށް މީހާ ދާނެކަން އަތިއްޔާ ފާހަގަކުރެއްވި އެވެ.

ސްޕޯޓްސް މަސާޖު

ގާބިލު ތެރަޕިސްޓުންނާއެކު ބަނޭރާ ވެލްނަސް އިން ދާދި ފަހުން ވަނީ ސްޕޯޓްސް މަސާޖުގެ ހިދުމަތްވެސް ތައާރަފުކޮށްފަ އެވެ.

ބަނޭރާ ވެލްނަސްއަކީ އިވޯވް ޖިމްގެ ފުރާޅުގެ ދަށުން ހިންގާ ތަނެކެވެ. އިވޯވް ޖިމްގެ އިތުރުން އެލަވޭޓް ޖިމްގެ ކަސްޓަމަރުންނަށް ބަނޭރާ ވެލްނަސް އިން 10 ޕަސަންޓްގެ ޑިސްކައުންޓް ލިބޭނެ އެވެ.

ބަނޭރާ ވެލްނަސް ހުންނާނީ އޮލިމްޕަސް ކުރިމަތި ގޯޅި ތެރޭ ގ. އައިމާ ތިންވަނަ ފަންގިފިލާގަ އެވެ.

ބަނޭރާ ވެލްނަސްގެ ވެބްސައިޓުން ތެރަޕީތަކުގެ އިތުރު މައުލޫމާތު ލިބޭއިރު ތެރަޕީއަށް ދުރާލާ ބުކްކުރެވޭނެ އެވެ. އޮންލައިންކޮށް ބުކްކުރަން އުނދަގޫނަމަ 9299988 އަށް ވައިބާކޮށްގެންވެސް ބުކްކުރެވޭނެ އެވެ.

ސްޕޯޓްސް ރިކަވަރީ ތެރަޕީގެ ހިދުމަތްތައް މިހާ ފުރިހަމައަށް މާލެއިން އެހެން ތަނަކުން ނުލިބޭނެ އެވެ. ބަނޭރާ ވެލްނަސް އިން ދޭ މަތީ ފަންތީގެ ސްޕޯޓްސް ރިކަވަރީ ތެރަޕީގެ ހިދުމަތްތަކަކީ އެންމެންނަށްވެސް އެ ހިދުމަތްތައް ހޯދޭނެ އަގުގައި ހުރި ހިދުމަތްތަކެކެވެ.