ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ އިތުރު ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިފަހުން ރައީސް މުއިއްޒު ވަނީ ތުރުކީ، ޔޫއޭއީ އަދި ޗައިނާއަށް ވަޑައިގެންފަ އެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވާ ފުރަތަމަ ނުރަސްމީ ދަތުރުފުޅެވެ.