ދިރާގު

ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތު ނެގުން ޖޫން 17ގައި ބާއްވަނީ

ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތު ނެގުން މި އަހަރުގެ އަޟްހާ އީދު ދުވަސް ކަމަށްވާ ޖޫން 17 ވަނަ ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މި ޕްރޮމޯޝަނަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު އާ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ލޯންޗުކުރި ހަރަކާތެކެވެ. އެގޮތުން މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

މި އިނާމު ލިބޭ ފަރާތް އެނގުމުގެ ޝައުގުވެރިކަން އާންމުންގެ މެދުގައިވެސް ޝައުގުވެރިކަން ވަރަށް ބޮޑެވެ.

މި ޕްރޮމޯޝަންގައި އެންރޯލްވުމަށްޓަކައި ދިރާގު ކަސްޓަމަރުން ވަނީ މިއަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހުގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފަ އެވެ. އެގޮތުން އެންރޯލްވި ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވެވޭނީ އޭރު ސަބްސްކްރައިބް ކުރި ޕްލޭންތަކުގައި މިއަހަރުގެ ޖޫން 17 ވަނަ ދުވަހުގެ ނިޔަލަށް މަޑުކޮށްގެންނެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ސަބްސްކްރައިބް ކޮށްފައިވާ ޕްލޭންތައް ކަސްޓަމަރުންނަށް އަޕްގްރޭޑްވެސް ކުރެވެ އެވެ. އަދި ލަކީ ޑްރޯގައި ކަސްޓަމަރުންގެ ސަބްސްކްރައިބް ކޮށްފައިވާ ޕްލޭންތައް އެ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރުމަށްވެސް ހިޔާރު ކުރެވެ އެވެ.

މި ޕްރޮމޯޝަން ނިމުމުގެ ކުރިން ދިރާގުން ވަނީ ދިރާގު ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ދެ އިވެންޓެއްގައި މި ޕްރޮމޯޝަންގެ އިނާމު ގޮތުގައި ދެވޭނެ ޓެސްލާ ކާރު އާންމުންނަށް ދައްކާލާފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.