ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ރައީސް މުއިއްޒު ވޯޓުލައްވައިފި

މަޖިލިސް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

މަޖިލިސް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓުލައްވައިފި އެވެ.

ރައީސް މުއިއްޒު ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގެ ހޯލުގައި ހުރި ވޯޓު ފޮއްޓަށެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްވެސް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. ވީހާވެސް އަވަހަށް ވޯޓުލުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:30 ގަ އެވެ. ވޯޓުލުން މިއަދު ހަވީރު 5:30 އާ ހަމައަށް ކުރިއަށްދާނެ އެވެ.

ވޯޓު ލެއްވުމަށްފަހު ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

މި އިންތިހާބުގައި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އަދި މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345