ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާއަށް ވާދަކުރެއްވީ ދެ ކެންޑިޑޭޓުންނެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ސައުދާ އެވެ.
އެގޮތުން ފ. އަތޮޅު ތައުލީމީ މަރުކަޒާއި ނިލަންދޫ ދާއިރާގައި ހިމެނޭ ދަރަނބޫދޫގައި ބެހެއްޓި ވޯޓު ފޮށީގެ އިތުރުން ފ. އަތޮޅު، މާލޭ - 2 ނަންބަރު ވޯޓު ފޮށިން ކުރީގައި އުޅުއްވަނީ ސައުދާ އެވެ.
އެ ދާއިރާއަށް ދެން ވާދަކުރައްވާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ރަޝީދެވެ.