ޑރ. މުހައްމަދު މުއިއްޒު

މަޖިލީހަށް އަންހެނުން އިތުރުކުރަން އެހީތެރިވުމަށް މުއިއްޒު އެދިވަޑައިގެންފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ؛ އަވަސް
0%
0%
0%

ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެނުން މަޖިލީހަށް އިންތިހާބުކުރަން އެހީތެރިކަން ދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ވިޔަފާރިވެރިންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ޑރ. މުއިއްޒު މިކަމަށް އެދިވަޑައިގަތީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ -- މަސީ އިން ރޭ ބޭއްވި ދިވެހި ވިޔަފާރިވެރިން ބައިވެރިވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މަޖިލީހަށް އަބަދު އިންތިހާބު ކުރަން ޖެހެނީ ފިރިހެނުން ނޫން ކަމަށާއި މަޖިލީހަށް އަންހެނުން ނެރެން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެ ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުން ވީހާވެސް ގިނަ އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް މަޖިލީހަށް ނުކުންނަ އަންހެނުން ސްޕޮންސާ ކޮށްދިނުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގެ 93 ދާއިރާއިން މެންބަރުން އިންތިހާބުކުރާއިރު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އޭގެ ތެރެއިން 19 ގޮނޑިއަށް އަންހެނުން އިންތިހާބުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މަޖިލީހަށް އަންހެން މެންބަރުން އިންތިހާބުކުރަން އެހީތެރިވުމަށް މުއިއްޒު އެދިވަޑައިގެންފައިވާއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކޮށް ހޮވޭ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި އެ ކޯލިޝަނުން ހާއްސަ އެލަވަންސެއް ދިނުމުގެ މަސައްކަތް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފައްޓަވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345