ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ ވާހަކަ ޕީޕީއެމް-ޕީއެންސީން ކުށްވެރިކޮށްފި

ދިއްދޫގައި ބޭއްވި ޖަލްސާގައި ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ފޭސްބުކް
100%
0%
0%

ކަރަންޓު ދޫކުރަންވީ ސަރުކާރު ހިންގާ ޕާޓީގެ ގެތަކަށް އެކަނި ކަމަށް ބުނެ ފެނަކަ ކޯޕަރޭޝަންގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު ދެއްކި ވާހަކަ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ފެނަކަ ކޯޕަރޭޝަންގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު ވިދާޅުވީ ކަރަންޓު ދޭކަން އެއީ ނަސީބެއް ކަމަށާއި ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެ ގެތަކަށް ކަމަށެވެ.

އެކަން ކުށްވެރިކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ ދެއްކި ވާހަކަތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ނޫން ކަމަށެވެ. އަދި އެއީ އެ ކޯލިޝަނުން އެއްގޮތަކަށްވެސް ތާއީދު ކުރާނެ ސިޔާސަތެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"މި ކޯލިޝަންގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ އަބްދުﷲ ރަޝީދު ދެއްކި ވާހަކަތަކާ ގުޅިގެން ޕާޓީގެ އުސޫލުގެ ތެރެއިން އޭނާއަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345