ހީނާ ވަލީދު

މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީގައި މަޝްވަރާކުރުމަށްފަހު: ހީނާ

މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާ -- ފޮޓޯ: އަވަސް
0%
0%
0%

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި ބޭފުޅަކަށް ތާއީދު ކުރައްވާތޯ ސުވާލު ކުރައްވާފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވި ގޮތުގައި ސަރުކާރަަށްވުރެ ބޮޑަށް މަޖިލީހުގެ ރައީސް ކަނޑައެޅުމުގެ މަޝްވަރާ ކުރިއަށްދާނީ ޕާޓީ ފެންވަރުގަ އެވެ.

"ސަރުކާރަށްވުރެ ބޮޑަށް އެއީ އަޅުގަނޑުމެންގެ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނިންމުމުގެ ކަންކަން ކުރިއަށްދާނީ،" ހީނާ ވިދާޅުވި އެވެ.

އެ މަޝްވަރާތައް ކުރިއަށްދާނީ ޕާޓީ ލެވަލްގައި ކަމަށާއި ރައީސް މުއިއްޒުގެ އެންޑޯޒްމަންޓަކާ ގުޅޭ ގޮތުން އަދި މަޝްވަރާ ނުކުރެވޭ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބިފައިވާއިރު 20 ވަނަ ރައްޔިތުންގެ މަޖިލިސް މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މޭ 28 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910