މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދޭ މުވައްޒަަފުންނަށް ސިލްސިލާ ތަމްރީންތަކެއް

މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާ ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކެއް ފަށައިފި އެވެ.

މީގެ ފުރަތަމަ ޕްރޮގްރާމު ކުރިއަށް ގެންދިޔައީ މިމަހުގެ 13 އިން ފެށިގެން އިއްޔެގެ ނިޔަލަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވީ މިނިސްޓްރީގެ ޕްރިވެންޝަން ޓީމާއި، ސްޓޭޓް ކެއަ ޓީމް އަދި "ހާލު ކިހިނެއް؟' މި ޕްރޮގްރާމުގައި ހަރަކާތްތެރިވާ ޓީމެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ގާތުން ހިދުމަތް ފޯރުކޮށްދީ، ރައްޔިތުންގެ އުނދަގޫތައް ދެނެގަނެ، އެކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރުމާއި ކޮންމެ ހިދުމަތްތެރިއަކީވެސް އޯގާތެރި، ކުލުނުވެރި ބަޔަކަށް ހެދުން ކަމަށެވެ.