ހަބަރު

ފްރީ ޓްރޭޑް އެއްބަސްވުމުގެ މަޝްވަރާގެ ދެވަނަ ބުރު ނިންމާލައިފި

ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމަށް ޗައިނާގައި ބޭއްވި މަޝްވަރާގެ ދެވަނަ ބައްދަލުވުން ނިންމާލައިފި އެވެ.

މި ބައްދަލުވުން މިއަދު ނިންމާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ވަނީ ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަންތައްތަކާއި ބެހޭ މައުލޫމާތު މިހާތަނަށް އިކޮނޮމިކް މިނިސްޓްރީން ދީފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުގެ ރޭ މި ބައްދަލުވުމަށް ޗައިނާއަށް ވަޑައިގަންނަވަމުން އޮކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޗައިނާ އާއެކު ފްރީ ޓްރޭޑް އެގްރީމެންޓަކަށް އައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.

މި އެގްރިމެންޓުގެ ދަށުން ރާއްޖޭގެ އުފެއްދުންތައް ޗައިނާގެ ބާޒާރުގައި ވިއްކާނެ މަގުފަހިވެގެންދާނެ ކަމަށާއި ޗައިނާއަށް އިމްޕޯޓު ކުރުމަށް ލުއިފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް އެ ރޭ މިނިސްޓަރު ވިދާޅުވި އެވެ.

"ހާއްސަ ގޮތެއްގައި މަހާއި ދިވެހި ރައްޔިތުން މިބާނާ މަސް ޗައިނާ މާކެޓަށް އެއްވެސް ޓެރިފެއް ނެތި އިމްޕޯޓު ކުރެވޭނެ އިންތިޒާމަށް ވާހަކަ ދައްކަމުން މިދަނީ. އަދި ރާއްޖޭގެ އުފެއްދުންތައ ްޗައިނ ާމާކެޓަށް އެއްވެސް ޓެރިފެއްނެތި ނުވަތަ ކުޑަކުޑަ ޓެރިފަކާއެކު ވެއްދޭނެ އިންތިޒާމްތަކެއް ހަމަޖައްސަމުން މިދަނީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

"މި އެގްރިމެންޓުގެ ސަބަބުން ރާއްޖެއަށް ލިބޭ ފައިދާތަކަށް ބަލާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ 32 ޕަސަންޓް މިއަންނަނީ ޗައިނާއިން. އަދި މިކަމުގެ ސަބަބުން ކުރިއެރުން ލިބޭނީ ހަމައެކަނި ފަތުރުވެރިކަމަކަށް ނޫން. އަދި ރާއްޖެއިން އެކްސްޕޯޓު ކުރުމުގެ ފުރުސަތުތައް މިދަނީ ފަހިވަމުން،"

ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ގާއިމްކުރުމުގެ މަޝްވަރާ ކަރުދާހުގައި މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ސޮއިކޮށްފަ އެވެ.